އީޓުކުރީގެ މޮބައިލް އެޕްލިކޭޝަން ތަޢާރަފު ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް، އީޓުކުރި އެޕް މެދުވެރިކޮށް ސްކޫލް ޔުނީފޯމް ވެސް އެ އެޕް މެދުވެރިކޮށް މިހާރު ގަނެވޭނެއެވެ. މިއީ ބޮޑުޗުއްޓީ ދުވަސްވަރުކަމުން، ކާރުބާރު ބޮޑު މާލޭގެ މަގުތަކާއި، ތޮއްޖެހިފައިވާ ފިހާރަތަކަށް ނުވަދެ ޔުނީފޯމް ހޯދަން މާ ފަސޭހަ ގޮތެކެވެ. އޮފިޝަލް ޔުނީފޯމްއާއި އެކްޓިވިޓީ ޔުނީފޯމް ވެސް އީޓުކުރިން ގަންނަން ލިބޭނެއެވެ.
އީޓުކުރި މެދުވެރިކޮން މިހާރު ލިބެން ހުރީ އެޗްއެމްއެފް އިންވިއްކާ ދިހަ ސްކޫލެއްގެ ޔުނީފޯމެވެ.
އީޓުކުރިން ލިބެން ހުރި ސްކޫލްތަކުގެ ޔުނީފޯމް:
- ކާމިލް ދީދީ ޕްރައިމަރީ ސްކޫލް
- މުހިއްޔުއްދިން ސްކޫލް
- ކަލާފާނު ސްކޫލް
- ގާޒީ ސްކޫލް
- ޖަމާލުއްދީން ސްކޫލް
- އިއްޒުއްދީން ސްކޫލް
- އަރަބިއްޔާ ސްކޫލް
- އަމީނިއްޔާ ސްކޫލް
- ތާޖުއްދީން ސްކޫލް
- އަދި ސީ،އެޗް،އެސް
އީޓުކުރި މެދުވެރިކޮށް ޔުނީފޯމުގެ ސައިޒްތަކުގެ ތަފްސީލު ވެސް ބަލާލެވެއެވެ. މައްސަލައެއް އުޅޭނަމަ ޔުނީފޯމް ބަދަލުވެސް ކޮށްލެވެއެވެ.
އީޓުކުރިން ބުނީ، ސްކޫލްތަކުގެ ޔުނީފޯމްގެ އިތުރުން، ގާޒީ ސްކޫލް ޔުނީފޯމް ފޮއްޗާއި ސްކޫލް ގެ ބެޖް، ސްކޫލް ޓައީ، ކުދިންނަށް ބޭނުންވާ މާސްކް، އިސްޓާކީނު އަދި ބޫޓުވެސް ސީދާ ގެއަށް ގެންގޮސްދޭނެ ކަމަށެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭފަރާތް ތަކުން ފިހާރަތަކަށް ނުގޮސް ގޭގައިތިބެގެން އޮންލައިންކޮން އޯޑާ ކޮށްލެވޭނެ ފަސޭހަ ޚިދުމަތް ވަނީ އީޓުކުރިން ތަޢާރަފު ކޮށްފައެވެ. ކުރަންޖެހޭނެ ކަމަކީ އަވަށް އީޓުކުރި އެޕް ޑައުންލޯޑް ކޮށްލުމެވެ.
advertisment
ހިޔާލު