ފެހި މަދަރުސާގެ ވެބްސައިޓް ފަރުމާކުރުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށްފިއެވެ.
އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ އަޙުމަދު ސައިމަން އާދަމް އާއެވެ.
ފެހި މަދަރުސާ ފްރޭމްވަރކް އަކީ ސްކޫލްގައި ހިންގޭ އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ހިތުގައި ތިމާވެއްޓާއި މެދު ލޯބިއިތުރުކޮށް، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ޙައްލު ހޯދުމަށް މަޝްވަރާކުރުމުގެ އާދަ ހަރުލެއްވުމަށްޓަކައި ކުރިއަށްދާ ހަރަކާތްތަކެއް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ދަނީ ރާއްޖޭގެ ހަތް ސްކޫލެއްގައި ފެހި މަދަރުސާ ފްރޭމްވަރކް ޕައިލެޓް ކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
advertisment
ހިޔާލު