ރައީސް ޞާލިޙް ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައި ދެއްވައިފި

ފެލިދެއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވައިފައި ވަނީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޯލު ބައްލަވާލައްވައިފައެވެ. މި ހޯލު މިއަދު ހުޅުވިގެންދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ ޢިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް މިވަގުތު ހިނގަމުންދެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *