މ. ކޮޅުފުށީގައި އުންނަ އެ އަތޮޅު މަދަރުސާގައި އަލަށް އިމާރާތް ކުރި އަށް ކުލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް މިއަދު ހުޅުވައިފިއެވެ. ކުލާސްރޫމާއި ހޯލް ހުޅުއްވައި ދެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލީޙެވެ.
އަށް ކުލާސްރޫމުގެ އިތުރުން މަލްޓި ޕާރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަސައްކަތަށް 14.1 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.
މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކުރައްވާފައިވެއެވެ.
ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ މ. އަތޮޅު މަދަރުސާގައި 200 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު