ޣިޔާޘުއްދީން ސްކޫލްގެ ފީ ބޮޑުކޮށްފި

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ފީ އަންނަ ދިރާސީ އާ އަހަރުން ފެށިގެން ބޮޑުކޮށް އެކަން ބެލެނިވެރިންނަށް އަންގައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ފީ އަށް ބަދަލު ގެނެސްފައިވާއިރު، ގުރޭޑް އެކަކުން ފެށިގެން ހަތަކަށް މީގެ ފަހުން ނަގާނީ ދަރިވަރަކަށް 4،143 ރުފިޔާއެވެ. ކުރިން ނަގަމުން އައީ ގުރޭޑް އެކަކާއި ދޭއްގެ ދަރިވަރެއްގެ އަތުން 3،927 ރުފިޔާއެވެ. ގުރޭޑް ތިނަކުން ހަތެއްގެ ދަރިވަރެއްގެ އަތުން 3،812 ރުފިޔާއެވެ. މި ބަދަލާއެކު ގުރޭޑް އެކަކާއި ދޭއްގެ ފީއަށް 216 ރުފިޔާ އަދި ގުރޭޑް ތިނަކުން 7ގެ ފީއަށް 331 ރުފިޔާ އިތުރު ވާނެއެވެ.

ގުރޭޑް 8ން 10ގެ ދަރިވަރެއްގެ ފީއަށް އިތުރު ކުރި 306 ރުފިޔާއާއެކު މިހާރުގެ ފީއަކީ 5،871 ރުފިޔާއެވެ.

ކުރިން ނަގަމުން އައީ 5،565 ރުފިޔާއެވެ.

މިދިޔަ އަހަރު ވެސް ޣިޔާޘުއްދީން ސްކޫލުން ފީއަށް ބަދަލު ގެނެސްފައިވެއެވެ.

ޣިޔާޘުއްދީން ސްކޫލުން ނަގާ ފީއަށް ބަދަލު ގެނައީ ޓީޗަރުންގެ މުސާރައަށް މީގެ ކުރިން ގެނައި ބަދަލާއި ޖީއެސްޓީއަށް އައި ބަދަލާއެކު ގެއްލުން ކުޑަކުރުމުގެ ގޮތުން ކަމަށް ބައެއް މީޑިއާތަކުގައި، އެ ސްކޫލާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *