އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑުން އެހީ ހޯދަން 13 ސްކޫލަކުން ހުށަހަޅައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓު ކޮމިއުނިޓީ ފަންޑުން އެހީ ހޯދަން 13 ސްކޫލަކުން ޕްރޮޕޯސަލް ހުށަހަޅައިފިއެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު ހަމަވީ މެއި މަހުގެ 31 އަށެވެ.

އެމްޕީއެލްއިން ބުނީ މުޖުތަމައަށް ފައިދާ ހުރި އެކި ޕްރޮޖެކްޓުތައް ހިންގަން މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލުން ހާއްސަ ފަންޑުން އެހީ ހޯދަން 49 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. ސްކޫލްތަކުގެ އިތުރުން ދެން ހުށަހަޅާފައި ވަނީ 27 ޖަމިއްޔާއަކުންނާއި އަމިއްލަ ހަތަރު ފަރާތަކުންނެވެ.

އެމްޕީއެލްއިން ބުނީ 49 ޕްރޮޕޯސަލްގެ ތެރެއިން އިވެލުއޭޝަން މަރުހަލާއަށް ޝަރުތު ހަމަވަނީ 31 ޕްރޮޕޯސަލެއް ކަމަށާއި އެ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑުން އެހީ ދެނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލްކުރުމުގެ ގޮތުން މުޖުތަމައަށް ފައިދާހުރި އެކި ޕްރޮޖެކްޓުތަކަށެވެ. އެގޮތުން 50،000 ރުފިޔާގެ އެހީއެއް އަށް ޕްރޮޖެކްޓަކަށް ދޭއިރު، ދެ ލައްކަ ރުފިޔާގެ އެހީ ދެ ޕްރޮޖެކްޓަށް ދޭނެއެވެ.

އެމްޕީއެލްއިން ބުނީ ކޮމިއުނިޓީ ފަންޑުން އަހަރަކު ދިހަ ޕްރޮޖެކްޓް ހިންގަން ނިންމާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *