ގުރޭޑް އެކަކަށް ވަންނަ ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުޞަތު އެ ސްކޫލުން ހުޅުވާލައިފިއެވެ.
އެ ސްކޫލުން ބުނީ އެ ސްކޫލްގެ ގުރޭޑް އެކަކަށް އަލަށް ވަންނަން އެދޭ، ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ތިން ދަރިވަރުންނަށް ސްކޮލަރޝިޕްގެ ދަށުން އެޑްމިޝަން ފީ އާއި ޓިއުޝަން ފީ އެ ސްކޫލުން ދައްކައި ދޭނެ ކަމަށެވެ. އަދި ސްކޮލަރޝިޕް ދެވުނު ޝަރުޠުތައް ފުރިހަމަވެ، ކޮންމެ ގުރޭޑަކަށް ކަނޑައަޅާފައިވާ މިންގަނޑު ޙާޞިލްވަމުންދާނަމަ ގުރޭޑް 10 ނިމެންދެން އެ ސްކޮލަރޝިޕްގެ ދަށުން ހިލޭ ކިޔަވައިދޭނެ ކަމަށެވެ.
ކޮލަރޝިޕްގެ ދަށުން ފުރުޞަތު ދޭ ދަރިވަރުން ދިވެއްސާއި އިނގިރޭސީގެ އިތުރުން ހިސާބުން ދޭ ޓެސްޓަކުން ފާސްވާން ޖެހެއެވެ.

ޣިޔާޘުއްދީން ސްކޫލުން ބުނީ ސްކޮލަރޝިޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ 13:30ގެ ކުރިން އެ ސްކޫލަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ލިޔެކިޔުން ހަމަނުވާ ފޯމްތައް އިވެލުއޭޓް ނުކުރާނެ ކަމަށާއި، ސްކޮލަރޝިޕާ ގުޅޭ މައުލޫމާތު އެ ސްކޫލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ސްކޮލަރޝިލްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ތާވަލެއް ވެސް އެ ސްކޫލުން ވަނީ އާންމު ކޮށްފައެވެ. ސްކޮލަރޝިޕަށް ހުށަހަޅާ ދަރިވަރުންގެ ލިޔެކިޔުންތައް ޖުލައި 16 ވަނަ ދުވަހު އިވެލުއޭޓްކުރަން ފަށައި، ސްކޮލަރޝިޕް ލިބޭ ދަރިވަރުން ޖުލައި 23 ވަނަ ދުވަހު ކަނޑައަޅައި، ޖުލައި 25 ވަނަ ދުވަހު، ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުން އެވޯޑް ކުރާނެ ކަމަށް ވެސް އެ ތާވަލުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު