ގއ. އަތޮޅު މަދަރުސާއިން އެއްވަނަ ދަރިވަރަކަށް ހޮވުނީ އާމިނަތު އައިކާ ނަޒީފުއެވެ. ދެވަނަ ދަރިވަރަކަށް ހޮވުނީ ހައްވާ ޝާނީ ސޫދެވެ. ތިން ވަނަ ދަރިވަރަކަށް ހޮވުނީ ވިޔުގާ ޕްރަވީނިއެވެ. ހަތަރު ވަނަ ދަރިވަރަކަށް ހޮވުނީ ފާތިމަތު ޒީކް ބިންތި އާދަމް ޙަލީމެވެ.

އެއްވަނައަށް ދިޔަ އައިކާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ. ސާނަވީގައި ނުވަ މާއްދާގައި ބައިވެރިވެ، ހަތަރު މާއްދާއިން އޭ ސްޓަރ އާއި ތިން މާއްދާއިން އޭ އަދި ދެ މާއްދާއިން ބީއެއް އައިކާ ހޯދާފައިވެއެވެ.
އައިކާ ބުނީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ވުމަށް އުއްމީދު ކުރި ކަމަށާއި އެއީ އޭނާގެ އާއިލާގެ ވެސް އުއްމީދެއް ކަމަށެވެ.
ސީއެޗްއެސްއީގެ ގުރޭޑް 11ގައި ކިޔަވަން ތައްޔާރުވަމުންދާ އައިކާ ބުނީ ސާނަވީގައި ކިޔެވިއިރު އެންމެ ދަތިވީ، ސައިންސް ސްޓްރީމްގެ މާއްދާތަކުގައި ހަދަންޖެހޭ ލެބޯޓްރީ އެކްސްޕެރިމެންޓްތައް ހަދަން އެންމެ އެކަށީގެންވާ ވަޞީލަތްތައް ލެބޯޓްރީގައި ލިބެން ނެތުމުންނެވެ.
advertisment
ހިޔާލު