ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ޢީދު ދަތުރު ވިލިމާލޭގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ވިލިމާލެއަށް ދަތުރެއް ގޮސްފިއެވެ.

މި ދަތުރުގައި ބައިވެރިވީ އެ ޔޫނިއަންގެ 26 ދަރިވަރުންނެވެ. މިއީ ޗުއްޓީ ދުވަސްވަރު މާލޭގައި ތިބި އެ ޔޫނިއަންގެ ދަރިވަރުންނެވެ.

އިޖްތިމާއީ ގުޅުން ބަދަހިކޮށް އުފާވެރި މާހައުމެއްގައި ދަރިވަރުން ވަގުތު ހޭދަކުރުމަށް މީގެ ކުރިން ވެސް ގިނަ ހަރަކާތްތަކެއް އެ ޔޫނިއަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އެ ޔުނިވަރސިޓީގެ ކެމްޕަސްތަކަށް ކުރާ ދަތުރުތައް ވެސް ހިމެނެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއަކީ އެންމެ ހަރަކާތްތެރި އެއް ޔޫނިއަންއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *