ގުރޭޑް އެކަކަށް ގުރެޖުއޭޓްވާ ކިންޑަގާރޑަން ދަރިވަރުން ދަސްވެނި ވުމަށް އައްޑޫގައި ހުންނަ ހިރާ ސްކޫލުން ކޮންމެ އަހަރަކު ވެސް ތަފާތު ހަރަކާތެއް ބާއްވައެވެ. މި އަހަރު ބޭއްވީ ކިންޑަގާރޑަން ދަރިވަރުންގެ ޕެރޭޑެކެވެ.

ހިރާ ސްކޫލްގެ ގިންޑަގާރޑަންއިން ގުރޭޑް 1އަށް 38 ދަރިވަރުން ގުރެޖުއޭޓް ވިއެވެ.
ގުރޭޖުއޭޝަން ރަސްމިއްޔާތަށްފަހު، ދަރިވަރުން ދިޔައީ ސިޓީ ސްކޮއާއަށެވެ. ޕެރޭޑް ބޭއްވީ އައްޑޫ ސިޓީ ސްކޮއަރއިން ހިރާ ސްކޫލަށެވެ. ޕެރޭޑްގައި އެއްބައި ދަރިވަރުން ބައިވެރިވީ ބައިސްކަލުގައެވެ. އަނެއް ބައި ދަރިވަރުން ގެންދިޔައީ ފުޅަނަދު ތަކެއްގައެވެ. ފުޅަނދުތައް ދަމާފައި ގެންދިޔައީ ހިރާ ސްލޫގެ ލީޑަރސް ދަރިވަރުންނެވެ.
އަދި ޕެރޭޑްގެ ތެރެއިން ބައެއް ކުދިން ދިޔައީ އެކުދިންގެ ހުނަރުތައް ދައްކުވައިދޭ ހަރަކާތްތަކެއް ވެސް ހުށަހަޅާ ދެމުންނެވެ.
ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ދަރިވަރު ނޫހަށް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ގުރެޖުއޭޓްވާ ދަރިވަރުންނަށް މިފަދަ ޚާއްޞަ ހަރަކާތްތަކެއް ބާއްވާ ކަމަށާއި އެއީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.
" ކޮންމެ އަހަރަކުވެސް ބާއްވާ ގުރުޖުއޭޝަންގެ ހަރަކާތަކީ އެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް އަންނަ ވަރަށް މުހިންމު ވަގުތުކޮޅެއް" ސިތާރާ ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕެރޭޑްގްގައި ބައިވެރި ކުރި ބައިސްކަލްތައް ޒީނަތްތެރިކުރީ ބައިސްކަލުގައި ބައިވެރިވި ދަރިވަރުން އަމިއްލައަށެވެ. ބައިސްކަލްތައް ޒީނަތްތެރިކޮށްފައި ވަނީ އެކި ވައްތަރުގެ ރިބަނުންނެވެ. އަދި ސްކޫލްގެ ދިދަ ވެސް ބައިސްކަލްތަކުގައި ހަރުކޮށްފައި ހުއްޓެވެ.
ޕެރޭޑަށްފަހު، އެ ހުރިހާ ދަރިވަރުން ގެންދިޔައީ ރެސްޓޯރަންޓަކަށެވެ.
ގުރޭޑް އެކަކަށް ބަދަލުވާ ދަރިވަރުންގެ ގުރެޖުއޭޝަންތައް މި ފަހަކަށް އައިސް ހުރިހާ ސްކޫލުތަކުން އަންނަނީ ބާއްވަމުންނެވެ.

advertisment
ހިޔާލު