އިންޓަރސްކޫލް ލަވަމުބާރާތުން ތިނަދޫ ދެ ސްކޫލަށް ބޮޑު ކާމިޔާބެއް

ހަތް އަހަރަށްފަހު ބޭއްވި އިންޓަރސްކޫލް ލަވަމުބާރާތުން ގދ. ތިނަދޫ ދެ ސްކޫލަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލަށް މުޅި މުބާރާތުން ދެވަނަ ލިބުނުއިރު، އެ ރަށުގައި ހުންނަ އަބޫބަކުރު ސްކޫލުގެ ޒީކް އިބްރާހިމް ލުތުފީއަށް ތޭރަ އަހަރުން ދަށުގެ ޢުމުރު ފުރައިން އެއްވަނަ ލިބުނެވެ. އަދި ފައުންޑޭޝަން ސްޓޭޖުން ދެވަނަ އެ ސްކޫލްގެ އީތަން އަޙްމަދު ޢާމިލް ވަނީ ހޯދާފައެވެ.

ތިނަދޫ ސްކޫލް ބުނީ އެ ސްކޫލަށް ލިބިގެންދިޔަ ކާމިޔާބީ (ފަޚުރުވެރި 2 ވަނައިގެ) ހައްގުވެރި ފަރާތަކީ އައިރީން އާއި އައިރީންގެ ބެލެނިވެރިން ކަމަށެވެ. އައިރީންގެ ބެލެނިވެރިން މިކަމަށް ދެއްވި ސަމާލުކަމާއި އައިރީން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އެ ސްކޫލުން ވަނީ ޝުކުރުއަދާކޮށްފައެވެ. އައިރީން ހިމެނުނީ 11 އަހަރުން ދަށުގެ އުމުރުފުރައިން ގަދަ 5 އެއްގައެވެ.

ލަވަ މުބާރާތައް އައިރީން ތައްޔާރު ކޮށްދިން އަބްދުލް ބާތިންގެ ނަން ވަކިން ޚާއްސަކޮށް ފާހަގަކޮށް އެ ސްކޫލުން ވަނީ ފާހަނގަކޮށްފައެވެ.

އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަޖީބު ވިދާޅުވީ، އެ ސްކޫލުން 10 ދަރިވަރުން ބައިވެރިވެ ދެ ދަރިވަރުންނަށް ލިބުނު ކާމިޔާބާމެދު ހިތްހަމަ ޖެހޭ ކަމަށާއި، މުބާރާތައް ތައްޔާރުވާން ލިބުނު ވަގުތައް ބަލާއިރު ކުރެވުނު މަސައްކަތާ މެދު ވެސް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އަޖީބު ވިދާޅުވީ، އެ ސްކޫލަށް ރީތި ނަން ހޯދުމަށް ދަރިވަރުން ކޮށްދިން މަސައްކަތާއި އަބްދުލް ބާތިންގެ މަސައްކަތް ފާހަގަކުރެއްވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ މުބާރާތައް ދުރާލާ ތައްޔާރުވާނެ ކަމަށާއި މި އަހަރަށްވުރެ މާ ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *