އޭލެވެލްގައި ސީއެޗްއެސްއީން ބައިވެރިވި 92 އިންސައްތަ ދަރިވަރުން ފާސްވި

ޭލެވެލްގައި ސީއެޗްއެސްއީން ބައިވެރިވި 92 އިންސައްތަ ދަރިވަރުން ފާސްވި

ފާއިތުވި 2022 ވަނަ އަހަރު ސީއެޗްއެސްއީން އެޗްއެސްސީއާއި އެޑެކްސެލް އޭލެވެލްގައި ބައިވެރިވި 92 އިންސައްތަ ދަރިވަރުން ފާސްވި ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ފާއިތުވި އަހަރު އެ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާގައި އެ ސްކޫލުން ބުނީ، އޭލެވެލްގައި އިމްތިޙާނުގައި 414 ދަރިވަރުން ބައިވެރިވެ 92 އިންސައްތަ ދަރިވަރުން ފާސްވުމަކީ އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެ އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިގެން 10 ދަރިވަރަކަށް ރައީސުލްޖުމުޙުރިއްޔާގެ ސްކޮލަރޝިޕް ލިބިފައިވެއެވެ. އަދި 54 ދަރިވަރަކަށް ހައި އެޗީވަރސް ސްކޮލަރޝިޕް ލިބިފައިވެއެވެ.

އެޑެކްސެލް އޭލެވެލް އިމްތިހާނުން ދުނިޔޭގެ ފެންވަރުގައި ވެސް ސީއެޗްއެސްއީގެ 17 ދަރިވަރުން ހިމެނިފައިވެއެވެ.

ސީއެޗްއެސްއީން ބުނީ، ފާއިތުވި އަހަރު އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ޝާއިން މުޙައްމަދު ރިފްޢަތު ހޯދި ނަތީޖާއަކީ އެ ސެންޓަރުގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ނަތީޖާއެއް ކަމަށާއި އެ މަރުކަޒުގެ 44 އަހަރުވީ ދިގު ޙަޔާތުގައި ވެސް ހޯދި އެންމެ ރަނގަޅު ނަތީޖާ ކަމަށެވެ. އަދި އެއީ މިހާތަނަށް އޭލެވެލްއިން އެންމެ މަތިން ރާއްޖޭގެ ދަރިވަރަކު ހޯދި ނަތީޖާ ވެސް މެއެވެ.

އެ ސްކޫލްގެ އެންމެ ގިނަ ދަރިވަރުން އޭ ސްޓަރ ހޯދީ އިސްލާމާއި ދިވެއްސާއި ބައޮލޮޖީންނެވެ. ބައޮލޮޖީން 54 ދަރިވަރުން އޭ ސްޓަރ ހޯދިއިރު، އިސާލްމް 72 ދަރިވަރުން އަދި ދިވެހިން 28 ދަރިވަރުން އޭ ސްޓަރ ހޯދިއެވެ. އެންމެ މަދުން އޭ ސްޓަރ ލިބުނީ އިކޮނޮމިކްސާއާއި އެކައުންޓިންގ އަދި ހިސާބުންނެވެ. އިކޮނޮމިކްސްއިން 7 ދަރިވަރުންނަށް އޭ ސްޓަރ ލިބުނުއިރު އެކައުންޓިންގ އިން އޭ ސްޓަރ ލިބުނީ 11 ދަރިވަރުންނަށެވެ. ހިސާބުން އޭ ސްޓަރ ލިބުނީ 14 ދަރިވަރުންނަށެވެ.

ސީއެޗްއެސްއީ އިން ބުނީ، އުނގަންނައިދިނުމުގެ ތަފާތު އެކިއެކި ހަރަކާތްތައް ވޭތުވެދިޔަ އަހަރު ވެސް ސްކޫލްގައި ކުރިޔަށް ގެންދެވުނު ކަމަށާއި  ގްރޭޑް 12ގެ ދަރިވަރުންނަށް، މުޅި ގްރޭޑަށް އަމާޒުކޮށް ހުރިހާ މާއްދާއަކުން ވެސް މާސްކުލާސް ނެގުމާއި ވަކިވަކި ކްލާސްތަކަށް އެކްސްޓްރާ ކްލާސްތައް ނެގުމާއި ވަކިވަކި ދަރިވަރުންނަށް ކޮންސަލްޓެންސީ ޕްރޮގްރާމް ކުރިޔަށް ގެންދިޔަ ކަމަށެވެ. ފާސްވާ އިންސައްތަ މަތިކުރުމަށް ޓަކައި އުނގެނުމުގައި އިތުރަށް އެހީ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، ކުދި ގްރޫޕްތައް ހަދައިގެން ވެސް ފެންވަރު ރަނގަޅުކުރުމަށް ގެންދިޔަ ތަފާތު ހަރަކާތްތަކާއި " ބޫސްޓަރ" ޕްރޮގްރާމަކީ ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނު ޕްރޮގްރާމްތަކެއް ކަމަށް ވެސް އެ ސްކޫލުން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *