ދިރާސާ ކުރުމާއި ފޮތް ލިޔުމަށް، ޤައުމީ ޔުނިވަރސިޓީން 11 މީހަކަށް 3.9 މިލިއަން ރުފިޔާގެ އެހީ ދެނީ

ދިރސާ ކުރުމާއި ފޮތް ލިޔުމަށް 3.9 މިލިއަން ރުފިޔާ 11 މީހަކަށް ހިލޭ އެހީގެ ގޮތުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދީފިއެވެ.

މިއަދި ބޭއްވި ރަސްމިއްޔާތުގައި މި އެހީ ހަވާލުކޮށްދެއްވީ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފެވެ.

ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުން ރިސާޗް ކުރުމަށް ހިތްވަރުދީ، ރިސާޗް ކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް 3.6 މިލިއަން ރުފިޔާ ދޫކުރީ އަށް ފަރާތަކަށެވެ. އެއީ ހުށަހެޅި 11 ހުށަހެޅުމެއްގެ ތެރެއިންނެވެ.

އެމްއެންޔޫއިން ބުނީ، ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ހިންގަން ބޭނުންވާ ރިސާރޗް ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވިދާނެ ކަމަށެވެ. އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް ފައިސާގެ އެހީއަށް އެދެވިދާނެ ކަމަށާއި، ރިސާރޗް ގްރާންޓް ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާރޗް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓްތަކަށެވެ.

ރިސާރޗް ކުރުމަށް އެހީ ލިބުނު ފަރާތްތައް:

  • ޝަދާ އަޙްމަދު- އެކްސްޕްލޯރިންގ ދަ ސަސްޓެއިނަބިލިޓީ އޮފް އެކޮމޮޑޭޝަން ސެކްޓާ އިން ލޯކަލް އައިލެންޑްސް އޮފް މޯލްޑިވްސް ( އަ ކޭސް ސްޓަޑީ އޮތް ކ. އެޓޯލް)
  • މަރިޔަމް ނީރިޝް – ބިހައިންޑް ދަ ޕްރިޒަން ވޯލްސް
  • ހުސައިން ހަމީދު މޫސާ – އަ ނޭޝަން ވައިޑް ޕާސެފްޝަން ސްޓަޑީ އޮން ސީމަން
  • ޑރ. ޒީނިޔާ ކާމިލް – އަންޑަސްޓޭންޑިންގ ދަ ހެލްތް އިމްޕެކްޓް އޮފް އިމްޕޯޓެޑް ޗިކެން، ޕައިލެޓް ޕްރޮޖެކްޓް
  • ޑރ. ޝައިސްތާ ޒުބައިރު – އެޕިޑެމިއޮލޮޖީ އޮފް ބެޑްމިންޓަން އިންޖަރީސް އިން ދަ ރިބަޕްލިކް އޮފް މޯލްޑިވްސް
  • ޑރ. ރަޒާނާ ފާއިޒު- ފެކްޓާސް އެފެކްޓިން ޑިމެންޝިއާ
  • ޑރ. އާއިޝަތު ޝެހެނާޒު އާދަމް- ސްޓަޑީ އޮން ސީނިއާ ސިޓީޒެން އެންޑް އޭޖިން ވެލްއިން މޯލްޑިވްސް
  • އަޙްމަދު އަސްލަމް ވަހީދު- ކުލެސިފިކޭޝަން އޮފް މޯލްޑިވިއަން އެޓޯލް އައިލެންޑްސް ބޭސްޑް އޮން އެޑެޕްޓޭޝަން ޕޮޓެންޝިއަލް

ފޮތް ލިޔަން އެހީ ދިނީ ނުވަ ފަރާތަކުން ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ހަތަރު ޕްރޮޕޯސަލަކަށެވެ. ފޮތް ލިޔުމަށް ދިނީ 250،500 ރުފިޔާއެވެ.

ފޮތް ލިޔަން އެހީ ލިބުނު ފަރާތްތައް:

  • ލީލާ އަހުމަދު – ލަކުޑި ތަށި އަދި ނަޒަރިއްޔާތު
  • ޑރ. އައިޝަތު ޝެހެނާޒް – މެތެމެޓިކަލް ތިންކިން އިން މޯލްޑިވިއަން ކަލްޗާ ކައުންޓިން އެންޑް މެޝަރިން
  • ޑރ. އަލީ ޒާހިރު – ކޮންޓްރެކްޓާ ބެހޭ ޝަރުއީ އުޞޫލު
  • ޝަހުދާ މޫސާ – އަކުރުފުށި

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *