ފާއިތުވި އަހަރު ސ. އަތޮޅު މަދަރުސާއިން އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު މަންހާ ޝުހައިލު ހޮވައިފިއެވެ.
ފާއިތުވި އަހަރުގެ އިނާމް ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ.
އެއްވަނަ ހޯދި މަލްހާއަކީ ފާއިތުވި އަހަރު އެ ސްކޫލް ޑެޕިއުޓީ ކެޕްޓަނެވެ. އަދި 2016ވަނަ އަހަރުން ފެށިގެން މަންހާއަކީ ޕްރިފެކްޓެކެވެ.
2021-2022ވަނަ ދިރާސީ އަހަރު ޖީ.ސީ.އީ އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ސްކޫލްގެ އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މަންހާ ހިމެނިފައިވެއެވެ.

އިންޓަރހައުސް ނެޓުބޯޅަ މުބާރާތާއި އިންޓަރސްކޫލު ނެޓުބޯޅަ މުބާރާތުގައިވެސް މަންހާ ވަނީ މޮޅު ކުޅުމެއް ދައްކައި 2016 އަދި 2017ވަނަ އަހަރު ބޭއްވި އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މަންހާ ހިމެނިފައިވާއިރު 2019ވަނަ އަހަރު ބޭއްވި އިންޓަރ ހައުސް އެތްލެޓިކްސް މުބާރާތުގައި މަންހާ ވަނީ އެންމެ މޮޅު އެތްލީޓްގެ މަގާމު ހޯދާފައެވެ.
އެއްވަނަ ލިބުނު ދަރިވަރެއްގެ ގޮތުގައި ވާހަކަ ދައްކަމުން މަންހާ ބުނީ، މަންމައާއި ބައްޕަ އޭނާގެ ތަޢުލީމީ ހަޔާތުގެ ބައްތި ނިވިޔަނުދީ ރައްކާތެރި ކަމާއިއެކު ބެލެހެއްޓުމަށް ކޮށްދެއްވި ބުރަ މަސައްކަތަކީ ގަލަމަކުން، ދުލަކުން ބަޔާންކޮށް ނުދެވޭނެ ކަމަށެވެ. ލިބޭ މިންވަރަށް ޝުކުރުވެރި ވުމަށާއި، ކިޔަމަންތެރިވުމަށާއި، ބަސްއެހުމަށާއި، ޤަވައިދުން ނަމާދު ކުޅައުމަށް ތަކުރާރުކޮށް ހަނދާންކޮށްދޭ ކޮށްދެއްވުމަކީ ތިޔަ މައިންބަފައިންގެ ހިތުގައި އޭނާ ވާ ނިމުމެއްނެތް ލޯބި ކަމަށް މަންހާ ބުންޏެވެ.
މަންހާ ބުނީ އޭނާގެ މި ކާމިޔާބީގެ ހަޤީޤީ މޭސްތިރިންނަކީ ތިޔަ ހީވާގި އެދުރުން. ކިޔެވުމުގެ މި ދަތި އުދަގޫ ރާސްތާގައި އަޅުގަނޑުގެ ދަތުރު ފަހިކޮށްދެއްވުމަށްޓަކައި، ތިޔަ އެދުރުން ކޮށްދެއްވި ބުރަ މަސައްކަތަކީ ފާހަގަކޮށް ނުދެވޭ ވަރަށް ވުރެ އަގުބޮޑު މަސައްކަތެއް. ކޮންމެ ކަމެއްގައިވެސް އިރުޝާދުދެއްވަނީ ނުހަނު މަޑުމައިތިރިކަމާއި، ލޯތްބާއިއެކު ކަމަށެވެ.
" އަޅުގަނޑުމެން ކުރިއަށްދާން ކުރާ މަސައްކަތުގައި އަމާޒަކަށް ވާންވާނީ ހުވަފެންތައް ބޮޑުކޮށް ދުށުން. އުއްމީދުތައް އަޒުމާއިއެކު ކުރުން. މިކަމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރީ ވަށާ ޖެހޭ ތަޢުލީމުގެ ދަށުން. ކިޔެވުމާއި، ކުޅިވަރާއި އެހެނިހެން ކަންކަމަށް އެއްވަރަކަށް ވަގުތުދީގެން. އާއިލާއަށާއި އެކުވރިންނަށް ވަގުތުދީ އަޅުގަނޑުގެ ހިތްއުފާ ކުރުމުގައި ވަގުތުތައް ހޭދަކޮށްގެން" ކިޔަވާ ކުދިންނަށް ނަޞޭހަތެއްގެ ގޮތުގައި މަންހާ ބުންޏެވެ.
" ޤަވައިދުން ފޮތްތައް މުތާލިއާކޮށް، އަމިއްލަ ނަފްސާއި ސުވާލު ކުރުމަކީ އެކަމަކަށް އިސްކަން ދީގެން އަޅުގަނޑު ކުރަމުން ގެންދިއަ ކަންތައްތައް. ދުރާލާ އިމްތިހާނުތަކަށް ތައްޔާރުވުމާއި، އުނދަގޫ މާއްދާތަކުން އިތުރު އެހީ އެދުރުންގެ ކިބައިން ހޯދަމުން ގެންދިއައިން. މި މަސައްކަތުގެ އެންމެ އިސް މަދަދުވެރީން ނަކީ އަޅުގަނޑުގެ މައިންބަފައިން"
advertisment
ހިޔާލު