ބޮޑުފޮޅުދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަހާމާ

ފާއިތުވި 2022-2021 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ޝަހާމާ އިބްރާހިމް ހޮވައިފިއެވެ. އޭނާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދާފައެވެ.

އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ މާލޭ ޒޯން ކޯޓިނޭޓަރު، އަހުމަދު ނަސީމެވެ.

ޝަހާމާ އަކީ ފާއިތުވި އަހަރު އެ ސްކޫލްގެ ކެޕްޓަނެވެ. އެ ސްކޫލްގައި ހިންގި ހުރިހާ ހަރަކާތެއްގައި ވެސް ލީޑަރެއްގެ ގޮތުން މަސައްކަތް ކުރި އެއް ދަރިވަރަކީ ޝަހާމާ ކަމަށް ބޮޑުފޮޅުދޫ ސްކޫލުން ބުނެއެވެ.

ސާނަވީއަށްފަހު، ޝަހާމާ ދަނީ ނާސިންގ ދާއިރާއިން މިހާރު ދަނީ ކިޔަވަމުންނެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ބޮޑުފޮޅުދޫ ސްކޫލްގައި 200 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *