ދ. އަތޮޅު ތަޢުލީމީ މަރުން ވޭތުވެދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ފާތިމަތު މިޙްނާ ހަސަންއާއި ހަސަން އަޖުލާން ހޮވައިފިއެވެ. މިޙްނާ އެއްވަނައަށް ދިޔައީ ސާނަވީންނެވެ. ހަސަން އެއްވަނައަށް ދިޔައީ މަތީ ސާނަވީންނެވެ.
މީހްނާވަނީ ފަސް އޭ ސްޓަރ އާއި ދެ އޭގެ އިތުރުން އެއް މާއްދާއިން ސީއެއް ލިބިގެން ސާނަވީން ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ. މިޙްނާއަކީ ގާލްގައިޑާއި އީއެލްއޭގެ ޗެއަރޕާސަންގެ އިތުރުން ސީނިއަރ ޕްރިފެކްޓެކެވެ.

ހަސަން ވަނީ ދެ އޭއާއި ތިން ބީ ހޯދައިގެން މަތީ ސާނަވީން ނުވަ ވަނަ ހޯދާފައެވެ. އޭނާއަކީ ސްކައުޓްގެ އިތުރުން ސީނިއަރ ޕްރިފެކްޓެކެވެ.

2022-2021 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ގަދަ 10 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 10 ދަރިވަރުން ހިމެނުނެވެ. އަދި އެ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ގަދަ 10ގައި ދެ ދަރިވަރުން ހިމެނިފައިވެއެވެ.
advertisment
ހިޔާލު