ށ. ބިލެތްފަހީ ސްކޫލުން އެރަށު ކޮންމެ ގެއަކަށް އަނބު ގަހެއް ހަދިޔާ ކޮށްފިއެވެ.
އަނބު ގަސް ހަދިޔާކުރީ އެ ސްކޫލުގެ އެންވަޔަރަމަންޓް ކުލަބާއި ރަށު ކައުންސިލާ ގުޅިގެންނެވެ.

ބިލެތްފަހީ ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ވިދާޅުވީ، އެ ރަށުގައި މީހުން ދިރިއުޅޭ 102 ގެއާއި ރަށުގެ މުއައްސަސާތައް ހިމެނޭހެން 110 އަނބުގަސް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
" މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް އަނބު ގަހެއް ހަދިޔާ ކުރިން. އެއާއެކު ރަށުގެ މުއްސަސަތަކަށް ވެސް ގަސް ހަދިޔާކުރިން. ބޭނުމަކީ ކޮންމެ ގެއެއްގައި ވެސް ގިނަ ދުވަހަށް ދެ މިހުންނަ ފައިދާހުރި ގަހެއް އިންދުން" އަމްޖަދު ވިދާޅުވިއެވެ.
ބިލެތްފަހީ ސްކޫލުން ހަދިޔާ ކުރި އަނބުގަސްތަކަކީ ށ. ފީވަކުން ގެނައި ގަސްތަކެކެވެ.
" މިހުރިހާ ގަހެއް ހެއްދިއްޖެނަމަ އެއީ މުޅި ރަށަށް ލިބިގެންދާނެ ތިޔާގި ކަމެއް" އަމްޖަދު ވިދާޅުވިއެވެ.

މިހާރު އެރަށުގައި ހުރީ އެންމެ ދެ އަނބުގަސް ކަމަށާއި އެ ސްކޫލްގެ ދަރިވަރުންގެ އިސްނެގުމާއެކު ކުރިއަށް އޮތްތަނުގައި އަނބުގަސް އާލާވެއްޖެނަމަ އެއީ ދރިވަރުންގެ ފަރާތުން ރަށަށް ކޮށްދެވޭނެ ވަރަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
" ދަރިވަރުންގެ ވެސް އުއްމީދަކީ ކޮންމެ ގެއެއްގައި ވެސް އަނބުގަހެއް ހެއްދުން. އެއިން މޭވާލިބި އެގެއަކަށާއި މުޖްތަމައަށް ފައިދާއެއް ކުރުން"
ބިލެތްފަހީ ސްކޫލުގައި 130 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު