އިމާދުއްދީނުގެ އެންމެ މޮޅު ދަރިވަރަކީ ޒަހާދަތު

ފާއިތުވި އަހަރު އިމާދުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ޒަހާދަތު އިބްރާހިމް ހޮވައިފިއެވެ.

އެ ސްކޫލްގެ އެންމެ މޮޅު ދެވަނަ ދަރިވަރަކީ މިލްހާ ވަހީދެވެ. ތިން ވަނަ ދަރިވަރަކީ މަރިޔަމް މީސަން މުޙްސިނެއެވެ.

އެއްވަނަ އަދި ދެވަނަ ތިން ވަނައަށް ދިޔަ ތިން ކުދިން ވެސް ސާނަވަނީން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައިވެއެވެ.

މި ދަރިވަރުންނަށް އިނާމް ދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު އަބުދުއްރަހީމެވެ.

އެއްވަނައަށް ދިޔަ ޒަހާދާތު ވަނީ ޕްރިފކްޓް ކަމާއި ސްކައުޓް ޔާގޫތު ހައުސްގެ ޑެޕިއުޓީ ހައުސް ކެޕްޓަންގެ އިތުރުން ފާއިތުވި އަހަރު ސްކޫލްގެ ކެޕްޓަމްކަން ކޮށްފައެވެ.

އިމާދުއްދީނުގެ 21 ދަރިވަރަކު ސާނަވީން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އޭގެ ތެރެއިން ދެ ދަރިވަރަކު އެއްވަނައިގައި ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *