އއ. އޭއީސީގެ މޮޅު ދަރިވަރަކީ ދީނާ

ފާއިތުވި 20222-2021 ވަނަ އަހަރު އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރަކީ އައިޝަތު ދީނާއެވެ.

ދީނާ ވަނީ ސާނަވީ އިމްތިޙާނުގައި 5 އޭ ސްޓަރއާއި ތިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ.

ދީނާއަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ ވަނަތައް ހޯދަމުން ދިޔަ ދަރިވަރެކެވެ. ފާއިތުވި އަހަރު އެ ސްކޫލްގެ ކެޕްޓަނީ ވެސް ދީނާއެވެ. ދީނާ ވަނީ ގާލްގައިޑް ލީޑަރެއްގެ ގޮތުން ވެސް ދަރިވަރުންނަށް ނަމޫނާ ދައްކާފައެވެ.

އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަތިޔާ ނަސީރެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނީ އެއް އަހަރުން އަނެއް އަހަރަށް ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ވަމުން އަންނަ ކަމަށެވެ.

އެ ސްކޫލްގައި 250 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *