އިމާދުއްދީން މުޅިން ތަފާތު- އަމާޒު ހުރީ 21 ވަނަ ޤަރުނަށް ލޯހުޅުވޭ އުފެއްދުންތެރި އިޖާބީ ލިޑަރުން ތަކެއް އުފެއްދުމަށް

އިމާދުއްދީން މުޅިން ތަފާތުވާނެ ކަމަށާއި އަމާޒު ހުރީ 21 ވަނަ ޤަރުނަށް ލޯހުޅުވޭ އުފެއްދުންތެރި  އިޖާބީ ލިޑަރުން ތަކެއް އުފެއްދަން ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫޙް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެ ސްކޫލްގެ ފާއިތުވި އަހަރުގެ ޢިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ 21 ވަނަ ޤަރުނުގައި ތަޢުލީމީ ނިޒާމުގެ ކަންކަން ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އަޅުގަނޑުމެންގެ ތަޢުލީމުގެ ތެރެއަށް ލީޑަރުން ވަންނަންޖެހޭ ކަމަށެވެ. އަޅިގަނޑުމެންގެ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް، ދުނިޔޭގެ ކަންކޮޅުތަކުގައި ކާމިޔާބު ކަމާއެކީގައި ހިންގާފައި ހުރި ޕްރޮގްރާމްތައް ބަލައި ދިރާސާކޮށް ގެންނަންޖެހޭ ކަމަށެވެ.

" މި ހަތަރު ފާރުގެ އެތެރޭގައި ގެންގުޅެލައިގެން ނިންމާލެވޭކަށް ނެތް. އަޅުގަނޑުމެން ވިސްނާ ފިކުރިއްޔާތު މިއަށްވުރެ ދުރަށް ދާންޖެހޭ"

މަމްދޫހު ވިދާޅުވީ، ފްރިންކްލިން ކޯވޭގެ ސެވަން ހެބިޓްސް އޮފް ހައިލީ އިފެކްޓްސް ލީޑަރސް ޕްރޮގްރާމް އަންނަ އަހަރު އިމާދުއްދީނުގައި ފަށާނެ ކަމަށާއި، އެއީ ދުނިޔޭގެ 5000 އެތައް ސްކޫލެއްގައި ކާމިޔާބު ކަމާއެކީގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

" އިރާދަކުރެއްވިއްޔާ އެކަން އަންނަ އަހަރު އިމާދުއްދީނުގައި ފަށާނަން"

ޕްރިންސިޕަލް ރޭ ވިދާޅުވީ، އިމާދުއްދީން ސްކޫލް ތަފާތު ވާނެ ކަމަށާއި އެ ސްކޫލުން އަމާޒު ހިފާފައި މިހުރީ 21 ވަނަ ޤަރުނަށް ލޯ ހުޅުވޭ އީޖާދީ ވިސްނުމެއްގައި ހުރި ކުރިއޭޓިވް ކުއްޖެއް ނެރެން ކަމަށެވެ.

އޭނާ ވިދާޅުވީ " އަޅުގަނޑުމެންނަށް މި މާހައުލުގެ ތެރެއިން މި ކުޑަކުޑަ މާލެތެރެއިން ނިންމާލެވޭކަށް ނެތް. ތަޢުލީމީ ނިޒާމުގެ ކަންކަން މިއަދު ފުރިހަމަވެއްޖެ ކަމަށް ބަލައި ހަމައެކަނި ސެޓްފިކެޓާ ހަމައިން ވެސް ނިންމާލެވޭކަށް ނެތް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކިއެކި ދިމަދިމާލުގައި ކަންކަން ހިނގާގޮތް ބަލަން އެބަޖެހޭ، ދިރާސާކުރަންޖެހޭ. މިކަންކަން ކޮށްގެން މެނުވީ އަޅުގަނޑުމެންނަކަށް ކާމިޔާބު، އެއްކަލަ މި ބުނާ 21 ވަނަ ޤަރުނަށް ކުއްޖެއް ތައްޔާރެއް ނުކުރެވޭނެ"

މަމްދޫޙް ވިދާޅުވީ، އެކަންތައްތައް އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ވަދެއްޖެ ކަމުގައި ވަނީނަމަ މާދަމާ އިމާދުއްދިން ސްކޫލުގެ ދޮރުން ނުކުމެގެން ދާނީ ކާމިޔާބު ދަރިވަރުން ތަކެއް ކަމަށެވެ.

މަމްދޫޙް ވިދާޅުވީ، އަންނަ އަހަރު ޓީޗަރުންނާއި ދަރިވަރުންގެ އެކްސްޗޭންޖް ޕްރޮގްރާމެއް އިންޑިޔާގެ ދިއްލީގެ ހަތަރު ސްކޫލަކަށާއި ބެންގަލޫރުގެ ދެ ސްކޫލާއެކު ފަށާނެ ކަމަށެވެ.

އަދި ވިދާޅުވީ ތަޢުލީމީ ނިޒާމުގެ އެންމެ ބޮޑު ބަދަލަކަށް ފެންނާން އޮތް ކަމަކީ އާޓިފިޝަލް އިންޓަލިޖެންސް ކަމަށާއި ދުނިޔެ ކުޑަވެ އެންމެ ބަޓަންއަކުން ހުރިހާ ކަމެއް ކޮށްލާތަން ފެންނަމުންދާ ކަމަށެވެ.

" އާޓިފިޝަލް އިންޓަލިޖެންސް މުހިންމުކަން ހުރިހާ ދިމާލަކުން ފެންނާން އެބައޮތް. އެންހޭންސްން ޕަވަރ އޮފް އާޓިފިޝަލް އިންޓަލިޖެންސްގެ ނަމުގައި އިންޓަރނޭޝަނަލް ކޮންފަރެންސެއް އަޅުގަނޑުމެން ކުދިން މި ހޯލް{ އިމާދުއްދީން ހޯލް} ގައ ކުރިއަށް ގެންދާނެ"

މަމްދޫޙް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ސްކޫލަށް ތްރީއޭ މޮޑެލް ތަޢާރަފުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ވޮކޭޝަނަނަލް ސްކިލްތަކެއް ފެށީ ކާމިޔާބު ކަމާއެކީގައި ކަމަށެވެ. ހިތަށް އުފާވެރިކަމެއް ލިބެނީ ނޯމަލް ސްޓްރީމް ކުދިންނާއެކު އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ޝާމިލްވެގެން، ކޯސް ފުރިހަމަކޮށް ނިންމާލުމަކީ ތަޢުލީމީ ދާއިރާއަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބޭނެ ކަމެކެވެ.

" ނޯމަލް ކުއްޖާ 6:45ގައި އަންނަހެން ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖާ ވެސް 6:45ގައި އައިސް މެއިން ސްޓްރީމް ކުއްޖާއާއެކީގައި ކިޔަވައި، އަނެއް ދެ ގަޑިއިރު ވޮކޭޝަނަލް އެޑިޔުކޭޝަން ނިންމައި އަދި ތެރަޕީ ރޫމްގައި ވަގުތު ހޭދަކޮށް 1130ގައި އާންމުކޮށް ނޯމަލް ކުއްޖާއެކީގައި ގެއަށްދާތަން ދެކެން ބެލެނިވެރިޔާ ހުރުމަކީ ހަޤީގަތުގައި އަޅުގަނޑު މާނަކުރާ ގޮތުގައި އިންކުލޫޝަންގެ ފެށުން. އަންނަ އަހަރު އެކަން ތަންފީޒު ކުރާނަން"

އިމާދުއްދީނަކީ އުނެގުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވޮކޭޝަނަލް އެޑިޔުކޭޝަން ފެށި ފުރަތަމަ ސްކޫލެވެ. ކެއްކުމާއި ފެހުމާއި އައިޓީއާއި ފަދަ ދާއިރާތަކަށް ދަރިވަރުންގެ ލޯ ހުޅުވައިދީ ސެޓްފިކެޓް ލެވެލްގެ ކޯސްތައް އެ ސްކޫލުގައި ދަނީ ހިންގަމުންނެވެ. ފާއިތުވި އަހަރު އެ ސްކޫލުން ވަނީ ޒަމާނީ ލައިބްރަރީއެއްގެ ޚިދުމަތް ވެސް އެ ސްކޫލުގެ ދަރިވަރުންނަށް ދެމުންނެެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *