ހާފިޒް އަޙްމަދު ސުކޫލުގެ މޮޅު ދަރިވަރަކީ އާޝީ

ފާއިތުވި އަހަރު ހާފިޒް އަޙްމަދު ސުކޫލުގެ މޮޅު ދަރިވަރަކަށް އައިޝަތު އާޝީ ސާޖިދު ހޮވައިފިއެވެ.

އެއްވަނަ ދަރިވަރަށް އިނާމް ދެއްވި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުﷲ ރަޝީދު އަހުމަދެވެ.

ހާފިޒު ސްކޫލުން ބުނީ އެއްވަނަ ހޯދި އާޝީއަކީ ފަހި ވިސްނުމެއް ގެންގުޅޭ އާދަޔާ ޚިލާފު ތޫފިލިކަމެއް ލިބިފައިވާ، ދަރިވަރުންނާ ގުޅޭ ސަކަ މިޒާޖެއްގެ ދަރިވަރެއް ކަމަށެވެ. ސްކޫލުގެ ތަފާތު ޙަރަކާތްތަކުގައި ވެސް އިސް ދައުރެއް އަދާކޮށްފައިވާ ދަރިވަރެއް ކަމަށެވެ.

2019 ވަނަ އަހަރު ފަނާރު ކުލަބުގެ ވައިސް ޕްރެޒިޑެންޓް ކަމާއި ، 2020 ވަނަ އަހަރު ފަނާރު ކްލަބުގެ ޕްރެޒިޑެންޓް ކަމާއި2022/2021  ވަނަ އަހަރުގެ ސްކޫލުގެ ސީނިއަރ ޕްރިފެކްޓްކަމާއި   2022/2021 ވަނަ އަހަރު ސްކޫލުގެ ކެޕްޓަން ކަމުގެ  މަޤާމް އާޝީ ވަނީ އަދާކޮށްފައެވެ.

ސްކޫލުން ހިންގޭ ތަފާތު އަދަބީ މުބާރާތްތަކުގައި ބައިވެރިވުމަށް ޝަޢުގުވެރިކަން ހުންނަ އާޝީ ވާނީ އަދަބީ މުބާރާތްތަކުން ތަފާތު އެތައް ވަނަތަކެއް ހާޞިލްކޮށްފައެވެ. އަދި ގައިޑް ހަރަކާތުގައި ވެސް އާޝީ ފެނިގެންދަނީ އުފެއްދުންތެރި ދަރިވަރެއްގެ ގޮތުގައެވެ.

ގައިޑް ޕެޓްރޯލް ލީޑަރު ކަމާއި ،2019 ގައި ފުވައްމުލައް ސިޓީ ކައުންސިލް އިން ބޭއްވުނު  އިންޓަރ ސްކޫލް މަދަހަ މުބާރާތާއި 2022 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލް އިން ބޭއްވުނު  ޤުރުއާނާއި ސައިން ފޯރަމް ގައި އާޝީ ވަނީ ބައިވެރިވެ މޮޅު ހުނަރު ދައްކާދީފައިވާ ކަމަށް ހާފިޒު އަޙްމަދު ސްކޫލުން ބުނެއެވެ.

ކުޅިވަރުގެ ދާއިރާއިން ވެސް އާޝީ ފާހަގަކުރެވިފައިވަނީ  ތަފާތު ހުނަރުވެރި މޮޅު ދަރިވަރެއްގެ ގޮތުގައި . އެގޮތުން އިންޓަރ ކްލާސް، އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތްތަކުން އާޝީ ފާހަގަކޮށްލެވިފައިވަނީ ވިދުން ގަދަ ތަރި އެއްގެ ގޮތުގައެވެ.

އާޝީ ފާހަގަކުރާ ގޮތުގައި އާޝީގެ މިކާމިޔާބީގެ ފަހަތުގައިވަނީ އޭނަގެ ލޯބިވާ މަންމަ ދެގޮތެއް ނެތި ދިން ހިތްވަރުގެ އިތުރުން ތަފާތު އެކި މަރުޙަލާތަކުގައި ކިޔަވައިދެއްވި ލޭފަވެތި މުދައްރިސުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމެވެ.

އާޝީ ދެކޭ ހުވަފެނަކީ  މުސްތަޤުބަލުގައި ފޮރިންސިކް ދާއިރާއިން ކުރިޔަށް ދިއުމެވެ. އާޝީގެ ކާމިޔާބީތަކުން އެނގިގެންދަނީ ކަމެއް ހާޞިލްކުރުމަށް މިންނަތާއެކު ގަދަ އަޅާ މަސައްކަތް ކޮށްފިނަމަ އެކަމުން ފޮނި މޭވާ ލިބޭނެކަމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *