ފާއިތުވި 2022-2021 ވަނަ އަހަރު އައްޑޫ ސިޓީ އިރުޝާދިއްޔާ ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ލީސް އަބްދުލް ހާދީ ހޮވައިފިއެވެ. ލީސް ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނަ ހޯދާފައެވެ.

ލީސް އޭލެވެލްއަށް ކިޔަވަމުން ދަނީ ޔޫޑަބްލިއުސީގެ ސްކޮލަރޝިޕެއްގެ ދަށުން ނޯވޭގައެވެ. ލީސްއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން ކުރި މަތިލި މި ސްކޮލަރޝިޕް ލިބުނު ތިން ދަރިވަރުންގެ ތެރެއިން އެކަކެވެ.
ލީސްއަކީ ކިޔެވުމުގެ އިތުރުން ކުޅިވަރާއި އަދަބީ ހަރަކާތްތަކުގައި ވެސް ބައިވެރިވި ހުނަރުވެރި ދަރިވަރެކެވެ.
ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ލީސްގެ އިތުރުން ފަސް ދަރިވަރަކު އިރުޝާދިއްޔާ ސްކޫލުން ސަނާވީގެ ގަދަ ދިހައެއްގައި ހިމެނުނެވެ. އެއީ ދެވަނަ ހޯދި ފާތިމަތު ލާރާ އަބްދުލް ޣަފޫރުއާއި ތިންވަނަ ހޯދި ފާތިމަތު ލީންއާއި ހަތަރުވަނަ ހޯދި އަބްދުﷲ ޣާލީ ރަޝީދުއާއި އައިޝަތު ހަމްދާ މުޙައްމަދު ދީދީއާއި ފާތިމަތު އަންޖަލް މުޙައްމަދުއެވެ.
advertisment
ހިޔާލު