ފާއިތުވި 2022-2021 ވަނަ އަހަރު ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަކީ މުޙައްމަދު މަނޫނު ފާއިޒާއި މުޙައްމަދު ނާއިޝްއެވެ. މަނޫނަށް އެއްވަނަ ލިބުނީ ސާނަވީންނެވެ. ނާއިޝްއަށް އެއްވަނަ ލިބުނީ މަތީ ސާނަވީންނެވެ.
މަނޫން ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދައި، އަދި ކެމިސްޓްރީން ރާއްޖެއިން އެއްވަނަ ހޯދާފައެވެ. މަނޫނަކީ ސީނިއަރ ޕްރިފެކްޓެކެވެ. އަދި ކިޔެވުމަށް އެންމެ މޮޅު ސްކައުޓެވެ. ކުޅިވަރު ހަރަކާތްތަކުގައި އިންޓަރ ހައުސް މުބާރާތްތަކުގައި ކުޅެފައިވެއެވެ. އަދި އަދަބީ އެތަކެއް މުބާރާތްތަކުގައި ބައިވެފައިވެއެވެ.
ނާއިޝްއަކީ 2022 ވަނަ އަހަރުގެ އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސްކައުޓާއި ފުޓްބޯޅަ ހިމެނެއެވެ.
ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 9 ދަރިވަރުން ހިމެނިފައިވެއެވެ.
advertisment
ހިޔާލު