ފާއިތުވި އަހަރު ގއ. ކަނޑުހުޅުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ޝައިޙާ އަހުމަދު ހޮވައިފިއެވެ. ޝައިޙާ އަކީ މިދިޔަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.
އެއްވަނަ ދަރިވަރަށް ޢިނާމް ދެއްވައި، ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަލީއެވެ.

ސާނަވީ އިމްތިޙާނުގައި މިދިޔަ އަހަރު އެ ސްކޫލުގެ ދެ ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އެއީ ހަތް ވަނައިގައި ހިމެނުނު އައިޝަތު ޝިފާނާ އިބްރާޙިމް ޝާހީއާއި ނުވަ ވަނައިގައި ހިމެނުނު މުޙައްމަދު ސާމީއެވެ.
މި ޖަލްސާގައި ދަރިވަރުންނަށް އަޙްމަދު އަލީ ވިދާޅުވީ ކާމިޔާބު ކޮންމެ މީހަކު ކާމިޔާބާ ހަމައަށް ދަނީ އަޑިގުޑަންތަކުން އަރައިގެން ކަމަށާއި ދަރިވަރުންނަށް ވެސް ކާމިޔާބު ހޯދޭނީ ދިމާވާ އަޑިގުޑަންތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.
އަދި ވިދާޅުވި ގޮތުގައި ސްކޫލުން ކޮށްދޭ ކަމަކީ ކާމިޔާބު ދިރިއުޅުމަކަށް ބޭނުންވާ މައުލުމާތު އެކި މާއްދާތަކުން ފޯރުކޮށް ދިނުމެވެ. ދަރިވަރުންނަކީ މުޖްތަމަޢު ޤަބޫލުކުރާ އަގުތަކުގެ ވެރި ކުދިންނަށް ވުމަށް ސަމާލުކަން ދިނުމަށް ވެސް ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަލީ އިލްތިމާސް ކުރެއްވިއެވެ.
ކަނޑުހުޅުދޫ ސްކޫލުގައި 130 އެއްހާ ދަރިވަރުން ކިޔަމުން ގެންދެއެވެ.
advertisment
ހިޔާލު