އަށް އަހަރުގެ މެދުކެނޑުމަކަށްފަހު، ސްކޫލް ކުދިންގެ ލަވަ މުބާރާތް މި އަހަރު ފަށާއިރު، 32 ސްކޫލަކުން 273 ދަރިވަރުން ވާދަކުރާނެއެވެ. މި މުބާރާތް ބާއްވަނީ މިމަހު 16އިން 20އަށެވެ.
ޕީއެސްއެމްގެ ޔެސްޓީވީން ދައްކާ، މި މިމުބާރާތުގެ ހުށަހެޅުންތައް ކުރިއަށް ގެންދާނީ ހަވީރު 4ން 6ށް، ރޭގަނޑު 8އިން11އަށެވެ. ފައިނަލް ގެނެސްދޭން ނިންމާފައި ވަނީ 24 ވަނަ ދުވަހުއެވެ.
މި މުބާރާތް ގެންދަނީ ޕީއެސްއެމްގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، އެން.ސީ.އޭ އާ ގުޅިގެންނެވެ.
ލަވަ މުބާރާތް ފަށަން ހަފްތާއަކަށް ވެފައިވާއިރު، މުބާރާތުގެ ފަނޑިޔާރުންގެ ނަންތައް ވަނީ އާންމުކޮށްފައެވެ.
މުބާރާތުގެ ފަނޑިޔާރުން
ކާނަލް ޢަލީ މަނިކު (ދާރި)
އާދަމް ނަޞީރު އިބްރާހީމް
ޝިފާ ތަޢުފީޤު
މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
މަރްޔަމް އުނޫޘާ
މުޙައްމަދު ޝުހައިލް
ފާޠިމަތު ފެޒްލީން
އިންޓަރ ސްކޫލް ލަވަ މުބާރާތް ފެށީ 1988 ވަނަ އަހަރުއެވެ. އެންމެ ފަހުން އެ މުބާރާތް ބޭއްވީ 2015 ވަނަ އަހަރުގައެވެ.
advertisment
ހިޔާލު