ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަންނަ ދިރާސީ އާ އަހަރު ހުޅުވަން ތައްޔާރު ވަމުން އަންނަ ޞަލާހުއްދީން ސްކޫލަށް ޕްރިންސިޕަލަކާއި ޑެޕިއުޓީ ޕްރިންސިޕަލެއް ހޯދަން އިއުލާންކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރި ޢިއުލާނުގައި ބުނެފައި ވަނީ ޕްރިންސިޕަލެއްގެ ޝަރަޠަކީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
މަޤާމުގެ އަސާސީ މުސާރައަކީ 16,647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކީ 9534 ރުފިޔާއެވެ. ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބެއެވެ.
ކިޔަވައިދިނުމުގެ ތަޖުރިބާގެ ގޮތުގައި ޕްރީ ސްކޫލުން ފެށީގެން ހަޔަރ ސެކަންޑްރީ ސްކޫލެއްގައި ކިޔަވައިދީފައި ހުރުން މުހިންމެވެ. އަދި ތަޢުލީމާބެހޭ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ އިދާރާއެއްގެ މެނޭޖިރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް ހިމެނެއެވެ. މީގެ ތެރޭގައި ލީޑިންގ ޓީޗަރުންގެ ޒިންމާ ވެސް ހިމެނެއެވެ.
ޑެޕިއުޓީ ޕްރިންސިޕަލެއްގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސްކޫލެއްފައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތް ކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
މަޤާމުގެ އަސާސީ މުސާރައަކީ 13,809 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކީ 6,444ރުފިޔާއެވެ. ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 174 ރުފިޔާ ލިބެއެވެ.
މި މަގާމަށް އެދި ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، އެކަމަށް ޚާއްޞަ ލިންކެއް މެދުވެރިކޮށެވެ.
advertisment
ހިޔާލު