ވިލާ ހައި ސްކޫލުގެ މޮޅު ދަރިވަރަކަށް ދާއިން

2022-2021 ވަނަ އަހަރު، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އަލީ ދާއިން ނަސްރަތު ހޯދައިފިއެވެ. އެންމެ މޮޅު ދެވަނަ ދަރިވަރުގެ މަޤާމް ހޯދީ މަރިޔަމް ޖަނާ ޖިނާނެވެ. އެންމެ މޮޅު ތިންވަނަ ދަރިވަރުގެ މަޤާމް ހޯދީ އީމާން އަހުމަދު އިސްމާއިލެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި މި ދަރިވަރުންނަށް އިނާމް ދެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އަފްއާލްއެވެ.

އެއްވަނައަށް ދިޔަ ދާއިން ވަނީ ބިޒްނަސް އިން ދުނިޔެއިން އެއްވަނަ އަދި މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ވެސް ހޯދާފައެވެ.

އޭލެވެލްގައި ހަތް މާއްދާ ހެދި ޖަނާއަށް ލިބުނީ ކެމިސްޓްރީ އާއި ފިޒިކްސް އާއި މެތްސްގެ އިތުރުން އިސްލާމުން އޭ ސްޓަރއެކެވެ. ސީޕީއީ އާއި ޓުރެވަލް އެންޑް ޓޫރިޒަމުން އޭ އެއް، އަދި ދިވެހިން ބީ އެކެވެ. އޭނާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނައަށެވެ.

ތިން ވަނަ ދިޔަ އީމާން ދިޔައީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ވެސް ތިން ވަނައަށެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި މަތީ ސާނަވީ އަށް 636 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *