އެންމެ ގިނަ ދަރިވަރުން ބޭނުންވީ ޕައިލެޓްކަން ކިޔަވަން

ސްޓޫޑެންޓް ލޯނަށް ކުރިމަތިލި 479 ދަރިވަރުންނަށް ޕައިލެޓްކަން ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ތަނަވަސްވެފައި

ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން އެންމެ ގިނަ ދަރިވަރުން ބޭނުންވީ ޕައިލެޓްކަން ކިޔަވަން ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯން ހޯދަން 1507 ދަރިވަރުން އެދިފައިވާއިރު، އޭގެ ތެރެއިން ޝަރުޠު ހަމަވަނީ 1225 ދަރިވަރުން ކަމަށެވެ. އެ ދަރިވަރުންގެ ތެރޭގައި 479 ދަރިވަރަކު ޕައިލެޓްކަން ކިޔަވަން ހުށަހެޅިއެވެ.

ސްޓޫޑެންޓް ލޯނަށް މި އަހަރު ހުޅުވާލިއިރު، ހަޔަރ އަޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅީ ޕައިލެޓްކަން ކިޔަވަން 60 ޖާގައެވެ. އޭގެ ކުރީ އަހަރު އެ މިނިސްޓްރީން ހަމަޖެއްސި 10 ޖާގައަށް 250 ދަރިވަރުން ކުރިމަތިލިއެވެ.

މީގެ އިތުރުން އެމްއެމްބީއެސް ކިޔަވަން 133 ދަރިވަރުން، ޕޯސްޓް ގުރެޖުއޭޓް މެޑިސިން ކިޔަވަން 51 ދަރިވަރުން ޕީއެޗްޑީއަށް ކިޔަވަން 26 ދަރިވަރުން އެދިފައިވެއެވެ. ސަރުކާރުން މިހާރު ވަނީ ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޭން ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *