އޭލެވެލްއިން 38 ދަރިވަރުންނަށް އެޑެކްސެލް އެކްސެލެންސް އެވޯޑް، ނުވަ ދަރިވަރަކު އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނައަށް

3 މާއްދާއިން އޭ ސްޓަރ ހޯދައިގެން އޭލެވެލްއިން 38 ދަރިވަރުންނަށް އެޑެކްސެލް އެކްސެލެންސް އެވޯޑް، އެކިއެކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ނުވަ ދަރިވަރަކަށް ލިބިއްޖެއެވެ.

މަތީ ސާނަވިން ރާއްޖޭގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ އަށް ދިޔައީ 17 ދަރިވަރުންނެވެ.

2021-2022 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 2849 ދަރިވަރުން މަތީ ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރެއިން 445 ދަރިވަރަކު މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދިއެވެ. ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 20 ދަރިވަރަކު ހޯދާފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މަތީ ސާނަވީން ދަރިވަރުން ހޯދަމުންދާ ނަތީޖާ ފާއިތުވި އެހަރު ތަކުގައި މަތިވެފައިވާ ކަމަށެވެ. 2018 ވަނަ އަހަރު ސީ ފާހުން ފެށިގެން އޭ ސްޓަރ ލިބުނު ދަރިވަރުންގެ ނިސްބަތަކީ 56 އިންސައްްތައެވެ. އެ އަދަދު 2021-2022 ވަނަ އަހަރު ވަނީ 73.9 އިންސައްތައަށް މަތިވެފައެވެ. 2018 ވަނަ އަހަރު މަތީ ސާނަވީގެ ގަދަ ދިހައެއްގައި 226 ދަރިވަރުން ހިމެނުނުއިރު، 2021-2022 ވަނަ އަހަރު އެ އަދަދު ވަނީ 445އަށް އިތުރުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *