އުފެއްދުންތެރިކަމުގެ ޚިޔާލުތައް ގެނެސްދިން ވިލާ ކޮލެޖްގެ ބިޒްނަސް ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ފެސްޓިވަލް ކުރިއަށް ގެންދިޔައީ ކޮލެޖުގެ ބިޒްނަސް ސޮސައިޓީން އެ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓާ ގުޅިގެންނެވެ.
މި ފެސްޓިވަލުގައި ވިލާކޮލެޖްގައި ބިޒްނަސް މެނޭންމަންޓް ކިޔަވާ ދަރިވަރުންގެ ތެރެއިން އެންޓަރޕްރައިޒް ޕްރޮޖެކްޓް އަދި އެލައިޑް މާކެޓިންގ ޕްރެކްޓިސް މޮޑިއުލް ކިޔަވާ ދަރިވަރުން ވެސް ބައިވެރިވިއެވެ.

މި ފެސްޓިވަލުގައި ދަރިވަރުންގެ އަމިއްލަ ޚިޔާލު ތއކުގެ އިތުރުން އަލަށްއަށް އުފެއްދި ޕްރޮޑަކްޓް ކޮންސެޕްޓްތައް ވަނީ ދައްކާލާފައެވެ.
ވިލާ ކޮލެޖްގެ ބިޒްނަސް ސޮސައިޓީގެ ރައީސް މޫސާ މީކާއީލް ވިދާޅުވި ގޮތުގައި މިފަދަ ބިޒްނަސް ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ވިޔަފާރި ކުރުމަށް ބާރުއަޅައި އެފަދަ ޕްލެޓް ފޯމެއްގައި ކުދި ވިޔަފާރިތަކަށް އިސްތިހާރު ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ އިންވެސްޓަރުން ހޯދަން ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
" މިއީ އެކަމަށް އެޅުނު ރަނގަޅު ބިންގަލެއް" މީކާއީލް ވިދާޅުވިއެވެ.

މި ފެސްޓިވަލަށް ހުށަހެޅި ބެސްޓް ބިޒްނަސް އައިޑިއާގެ ތެރެއިން އެއްވަނަ ހޯދީ ހުސައިން މުއާނެވެ. ބެސްޓް ޕްރެޒެންޓަރ ގެ މަޤާމް ހޯދީ އިބްރާހިމް ނާއިފެވެ. ބެސްޓް ނިއު ޕްރޮޑަކްޓް ކޮންސެޕްޓަށް ހޮވުނު ނަމަކީ ފޯޗޫން ބައިޓްސް" އެވެ. މި ކޮންސެޕްޓް ތައްޔާރު ކުރުމުގައި ބައިވެރިވީ، އައިޝަތު ރާޔާ، އައިޝަތު ތިހްނާން މުޙައްމަދު، އައިޝަތު ޒާރާ އިބްރާހިމް، ފާތިމަތު އަޙްމަދު، މަރިޔަމް އީމާން މުއާޒްއެވެ.
advertisment
ހިޔާލު