ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޔުނިސެފުގެ އެހީތެރިކަމާޢެކު ނެޝަނަލް އިންސްޓިއުޓް ފޯރ އެޑިޔުކޭޝަނުން ގާއިމް ކުރި މިނީ ސްޓޫޑިއޯ ބޭނުން ކުރަން ފަށައި، ގުރޭޑް އަށެއްގެ ދަރިވަރުންގެ ފިލާވަޅު ގުޅުވައިލީ ޚަބަރު ލިޔުމާއި ކިއުމަށެވެ.
ސްޓޫޑިއޯ ހުޅުއްވައި ދެއްވީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ސަމާތު އާދަމެވެ.

ގުރޭޑް އަށެއްގެ ބައެއް ކުދިންނަށް ވަނީ ޚަބަރު ލިޔުމާއި ކިޔުމުގެ ފުރުޞަތު މި ސްޓޫޑިއޯގައި ދީފައެވެ.
ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސް އިބްރާހިމް އިސްމާއިލް ވިދާޅުވީ މިނީ ސްޓޫޑިއޯގައި ފިލާވަޅު ނަގަންޖެހުމާއި މީޑިއާގެ ވަޞީލަތްތައް ބޭނުން ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވުމުން މީޑިއާގެ ދާއިރާއަށް ދަރިވަރުންގެ އޮތް ޝަޢުޤުވެރިކަން ފެނުނު ކަމަށެވެ.

" ކެމެރާ ކުރުމާއި ޚަބަރުކިޔަން ވެސް ކުދިންގެ ޝަޢުޤުވެރިކަން ވަރަށް ބޮޑު. ދަރިވަރުންނަށް ލިބިގެން ދިޔަ ވަރަށް ރަނގަޅު ފުރުޞަތުތަކެއް މިއީ" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
550 އެއްހާ ދަރިވަރުން ކިޔަވަމުންދާ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހުޅުވި މިނީ ސްޓޫޑިއޯއާއެކު، އެ ސްކޫލްގައި މީޑިއާ ކުލަބެއް އުފައްދައި މީޑިއާ ގުޅުން ހުރި ދާއިރާތަކުން ދަރިވަރުން ތަމްރީނު ކުރަން އެ ސްކޫލުން ވަނީ ނިންމާފައެވެ.
" ވަރަށް ރަނަގަޅު ފުރުޞަތު ތަކެއް ދަރިވަރުންނަށް މި ސްޓޫޑިއޯގެ ސަބަބުން ފަހިވެގެންދާނެ. ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް މި ސްޓޫޑިއޯ މެދުވެރިކޮށް ކުރެވޭނެ. ވަގުތުން ގެނެސްދޭ ޕްރޮގްރާމްތަކާއި ދަރިވަރުންނާއި މުދައްރިސުންގެ ބަސްދީގަތުން ވެސް ކުދިން ލައްވައި އަޅުގަނޑުމެންނަށް ގެނެސްދެވޭނެ" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
advertisment
ހިޔާލު