ފާއިތުވި އަހަރު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ 2022-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުންނަށް ސަރާ މުޙައްމަދު ސަޢީދުއާއި ފާތިމަތު ނައުރާ ނަޝީދު ހޮވައިފިއެވެ. ސަރާ އެއްވަނަ ހޯދީ ސާނަވީންނެވެ. ނައުރާ އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.
ނައުރާ ވަނީ 2022 ވަނަ އަހަރު ބޭއްވުނު ޖީސީއީ އޭލެވެލް އަދި އެޗްއެސްއީ އިމްތިހާނުގައި ބައިވެރިވެ ރާއްޖޭގެ ގަދަ ދިހައެއްގެ ފަސް ވަނައިގައި ހިމެނިފައެވެ.

މަތީ ސާނަވީ، ޙަމަދު ސްލޫން ފުރިހަމަ ކުރަމުންދާ ސަރާ ވަނީ ޖީ.އީ އޯ ލެވެލް، އައި ޖީ ސީ އެސް އީ އަދި އެސް އެސް ސީ އިމްތިޙާނުގައި ބައިވެރިވެ، 8 މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދާ 2022،2021 ވަނަ އަހަރު ރާއްޖޭގެ ގަދަ ދިހައެއްގެ ހަވަނަ ހޯދާފައެވެ. ސަރާއަކީ ޕްރިފެކްޓެއްގެ އިތުރުން ފާއިތުވި އަހަރު އެ ސްކޫލްގެ ކެޕްޓަނެވެ.

މި ދަރިވަރުންނަށް ޢިނާމް ހަވާލުކޮށް ދެއްވީ ޝަރަފުވެރިމެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.
ޑރ. އަންވަރުގެ ވާހަކަ ބިނާކުރެއްވީ މޮޅު ކުއްޖަކަށް ވުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށެވެ.
މި ޖަލްސާގައި ސްކޫލްގެ ޕްރިންސިޕަލް ޝަޢުކަތު ލަތީފު ވަނީ އެ ސްކޫލުން ހޯދަމުންދާ ކާމިޔާތައް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުރީ އަހަރަށް ވުރެ ފާއިތުވި އަހަރު އޯލެވެލްގައި ދަރިވަރުން ފާސްވި ނިސަބަތް ނުވަ އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

ދަރިވަރުންނަށް ޕްރިންސިޕަލް ވިދާޅުވީ، އަޚްލާގާ ނުލައި ޢިލްމެއްގެ ފައިދާއެއް އެއްވެސް ނަފްސަކަށް އަދި އިންސާނީ ނަސްލަކަށް ވެސް ނުކުރާނެ ކަމަށެވެ. ރިވެތި ޚުލްގުގައި، އޭގެ މަތީގައި ސާބިތުވެ ޢިލްމް ހޯދުމަށް މަސައްކަތް ކުރުމަށް ދަރިވަރުންގެ ކިބައިން ޕްރިންސިޕަލް އެދިވަޑައިގެންނެވިއެވެ.
ބެލެނިވެރިންނަށް ޕްރިންސިޕަލް ވިދާޅުވީ، ދަރިވަރުންނަށް ދަސްކޮށްދޭންވީ އިޚްތިރާމް ކުރުމާއި އިންސާނީ ޤަދަރު އުނިނުކުރުމަށެވެ. ކޮންމެ ހާލަތެއްގައި ވެސް ރިވެތި ބަސް ބުނުމަށާއި ރިވެތި އަޚްލާގާއި ސުލޫކު އިސްކުރުމަށެވެ. މިކަން ކުރުމަށް ނަމޫނާ ދެއްކުމަށް ވެސް ޕްރިންސިޕަލް އެދިވަޑައިގެންނެވިއެވެ.
advertisment
ހިޔާލު