އޯލެވެލްއިން ފާސްވާ ކުދިންގެ އަދަދު ގިނަ ކަމަށް ދައްކަނީ ތަފާސްހިސާބު އެކުލަވާލުމުގައި ގެނައި ބަދަލެއްގެ ސަބަބުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އޯ-ލެވެލް އިން ފާސްވާ ކުދިންގެ އަދަދު މިހާރު ދަށްކަމަށް ދައްކަނީ އޯފް-ރޯލްކޮށްގެން ނަތީޖާގެ ތަފާސްހިސާބު އެކުލަވާލުމުގައި ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ.
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލުގެ ޖަވާބުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، 2019 ގެ ކުރިން ތަފާސްހިސާބުތައް އެކުލާވާލާއިރު ބަލަމުން އައީ ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ބަލާ ދަސްވާރަކީ 3 މާއްދާ ކަމަށާއި ބީޓެކްގައި ބަލަނީ 4 މާއްދާ ގޮތުގައި ކަމަށެވެ. އެހެންވެ ތަފާސްހިސާބުން އެ ފެންނަނީ ފާސްވާ ކުދިންގެ އަސްލު އަދަދު ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަދަލު މިހާރު އެ ފެންނަނީ ފާސްނުވާނެހެން ހީވާ ކުދިން ބާކީކޮށްފައި ފާސްވާނެ ކުދިން ހިމަނައިގެން ފާސްވާ ކުދިންގެ އިންސައްތަ އެކުލަވައި ލަމުން ނުގެންދާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 2019 އަހަރު ފަހުކޮޅުން ފެށިގެން ފަސް މާއްދާ ކިޔެވުން މަޖުބޫރު ވާނެ ކަމަށެވެ. އެއީ އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބުގެ އިތުރުން ސްޓްރީމް މާއްދާއިން އެއް މާއްދާ ކަމަށެވެ.
އެއްވެސް މާއްދާއެއް ނުކިޔަވާ ދޫކޮށްލަން ފުރުސަތު ދެނީ ސީދާ މިނިސްޓަރު ބެއްލެވުމަށް ފަހު ވަކި ޚާއްސަ ހާލަތުތަކެއްގައި ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ތަފާސް ހިސާބުތަކަށް ރިޔާއަތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުދިންގެ ހާލަތުގެ އަސްލު މަންޒަރު ނުފެނި އެކަމަށް ފަރުވާއެއް ނުލިބޭނެ ކަމަށާއ، މަޖްބޫރު މާއްދާތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިއާއި ހިސާބުން ފާސްވާ ކުދިންގެ އަދަދު ދަށްކަން ފާހަގަކުރެވޭ ކަމަށެވެ.
އެކަންތައްތަކަށް ބާރު ދިނުމުގެ ގޮތުން ލިޓްރަސީ ޕްރޮގްރާމްތަކެއް ހިންގަންފަށައި، އަދި އޯލެވެލް އަށް ޚާއްސަކޮށް ވެސް މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕްރޮގްރާމްތަކުގެ ފައިދާ ފެންނަމުންދާ ކަމަށާއި އިނގިރޭސިން ފާސްވާ ކުދިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެ ހިސާބާއި، ދިވެހިން ފާސްވާ ކުދިންނާއި މަޖުބޫރު މާއްދާތަކުން ކުދިން ފާސްވާ މިންވަރު ވެސް މިހާރު އިތުރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
advertisment
ހިޔާލު