ހުޅުދުއްފާރު ސްކޫލުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ ސަދާއާއި ޝާލިޔާ

2022-2021 ވަނަ އަހަރު ހުޅުދުއްފާރު ސްކޫލުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ ސަދާ ޝަހީމްއާއި ޝާލިޔާ އަޙްމަދެވެ. ސަދާ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާނަވީންނެވެ. ޝާލިޔާ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މަތީ ސާނަވީންނެވެ.

އިނާމު ދިނުމަށް އެ ސްކޫލުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރު، މޫސާ އާދަމެވެ.

ސާނަވީން އެއްވަނައަށް ދިޔަ ސަދާއަށް، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރު، މޫސާ އާދަމް ޓްރޮފީ ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ހުޅުދުއްފާރު ސްކޫލް

މަތީ ސާނަވީން އެއްވަނަ ހޯދި ޝާލިޔާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ސަދާއަކީ ގަލްގައިޑް ހަކާތުގައި އިސްކޮށް މަސައްކަތް ކުރި ދަރިވަރެކެވެ.

މަތީ ސާނަވީން އެއްވަނައަށް ދިޔަ ޝާލިޔާއަށް، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރު، މޫސާ އާދަމް ޓްރޮފީ ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ހުޅުދުއްފާރު ސްކޫލް

ހުޅުދުއްފާރު ސްކޫލުގެ ދެ ދަރިވަރަކު ފާއިތުވި އަހަރު ސާނަވީގެ ގަދަ ދިހައެއްގައި، އަދި މަތީ ސާނަވީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.

އެންމެ މޮޅު ސްކައުޓަކަށް ހޮވުނު ހުސައިން ރިޒާނަށް ހަނދާނީ ފިލާ ހަވާލުކުރަނީ- ފޮޓޯ: ހުޅުދުއްފާރު ސްކޫލް

އެންމެ މޮޅު ސްކައުޓަކީ ގުރޭޑް 12ގެ ހުސައިން ރިޒާނެއެވެ. ތަޢުލީ ގޮތުން އެންމެ މޮޅު ސްކައުޓަކީ ގުރޭޑް

އެންމެ މޮޅު ގައިޑަކަށް ހޮވުނު އާއިޝަތު މަރީޝާއަށް ހަނދާނީ ފިލާ ހަވާލުކުރަނީ- ފޮޓޯ: ހުޅުދުއްފާރު ސްކޫލް

އެންމެ މޮޅު ގައިޑަކީ ގުރޭޑް 10ގެ އާއިޝަތު މަރީޝާއެވެ. ތައުލީމީ ގޮތުން އެންމެ މޮޅު ގައިޑަކީ

ގުރޭޑް10 ގެ ނާއިފާ އަބްދުﷲއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *