އިފްހާމު: ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރު

2021 – 2022 ވަނަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު އިފްހާމު އިބްރާހީމް ހޮވައިފިއެވެ.

އިފްހާމު ވަނީ މިދިޔަ އަހަރު ބޭއްވީ ސާނަވި އިމްތިޙާނުގައި އެއް މާއްދާއިން އޭ ސްޓަރ އާއި ފަސް މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދާފައެވެ. އިފްހާމަށް އޭ ސްޓަރ ލިބުނީ ދިވެހި މާއްދާއިންނެވެ. އޭ ލިބުނީ، އިސްލާމް، އިނގިރޭސި، އެކައުންޓިންގ، ކެމިސްޓްރީ އަދި ބަޔޮލޮޖީންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކުމުންދޫ ސްކޫލްގެ 2021-2022 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ޕްރިންސިޕަލް ސަޢީދު އަޙްމަދު އެވެ. މި ރަސްމިއްޔާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ޢަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިޙާ އިދްރީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިތުރު ވަނަތައް ހޯދި ދަރިވަރުން

ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، އިސްލާމް، އިނގިރޭސި، ހިސާބު، ބަޔޮލޮޖީ، ކޮމްޕިޔުޓަރ ސައެންސް) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ފާޠިމަތު ލައިޝާ ނާޡިމް އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ޢާއިޝަތު ރާޔާ މުޙައްމަދު އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު މުޙައްމަދު އިފްހާމް އިބްރާހީމް އަދި ސަބްޖެކްޓް ޕްރައިޒް (އިސްލާމް، ދިވެހި، އިނގިރޭސި) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު ނަދާ އިސްޙާޤެވެ.

ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު ޢާއިޝަތު ރާޔާ މުޙައްމަދު އާއި ގްރޭޑް 10 ގެ ދަރިވަރު މުޙައްމަދު އިފްހާމް އިބްރާހީމް ހިމެނެއެވެ.

ކްލާސް ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި މުޙައްމަދު އިފްހާމް އިބްރާހީމް ގްރޭޑް 10 އަދި ފާޠިމަތު ލައިޝާ ނާޡިމް ގްރޭޑް 9 ހިމެނެއެވެ.

ކްލާސް ޕްރޮގްރެސް ޕްރައިޒް ލިބުނު ދަރިވަރުން ތެރޭގައި ހިމެނެނީ ގްރޭޑް 9 ގެ ދަރިވަރު މުޙައްމަދު ޒައިން އިބްރާހީމެވެ.

އޮނަލިސްޓެޑް އެވޯޑް ހާސިލްކޮށްފައި ވަނީ ގްރޭޑް 9 ގެ ދަރިވަރު ފާޠިމަތު ލައިޝާ ނާޡިމެވެ.

ސާނަވީ މަރުޙަލާ ނިންމާ އިމްތިހާނުން ސްކޫލް ފެންވަރުގައި އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި މުޙައްމަދު އިފްހާމް އިބްރާހީމް ގްރޭޑް 10، ނަދާ އިސްޙާޤް ގްރޭޑް 10، ފާޠިމަތު ހައިފާ ޔޫނުސް ގްރޭޑް 10، އާމިނަތު ސުމާ ޢަލީ ގްރޭޑް 10، މައިހާ މުޙައްމަދު ގްރޭޑް 10 ހިމެނެއެވެ.

ގްރޭޑް 7 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފާވާ 5 ދަރިވަރުންގެ ތެރޭގައި ހުނޭފާ ޢަބްދުﷲ، ފާޠިމަތު އީނާޝް މުޝައްޔިރު، މަރްޔަމް މިޝްޤާ އަޙްމަދު، މިރާޝާ، ފުރުޝާން ޙުސައިން ހިމެނެއެވެ.

ގްރޭޑް 8 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ 5 ދަރިވަރުންގެ ގޮތުގައި އަޝްފާ އަސްލަމް، އާމިނަތު ލަމްސާ، ޢަބްދުﷲ އަޛީން އަޙްމަދު، ފާޠިމަތު ނަޠީމާ ނާޡިމް، ހުސާން މުޙައްމަދު ހިމެނިފައިވެއެވެ.

ގްރޭޑް 9 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ 5 ދަރިވަރުންގެ ތެރޭގައި ފާޠިމަތު ލައިޝާ ނާޡިމް، ޢާއިޝަތު ރާޔާ މުޙައްމަދު، މުޙައްމަދު ޒައިން އިބްރާހީމް، ޢާލިމް އާދަމް، ޙައްވާ އުމައިޝާ އިބްރާހީމް ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *