ފާއިތުވި ދެ އަހަރު މުޙްޔިއްދީނުގެ އެންމެ މޮޅު ދަރިވަރުންނަށް ރިޔާޝާ ޢަލީއާއި އައިމިނަތު ޔުމްނު ޔޫސުފު ހޮވައިފިއެވެ.
ރިޔާޝާ އަކީ 2021-2020 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރެވެ. ޔުމްނުއަކީ 2022-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރެވެ.
މި ދަރިވަރުންނަށް އިނާމް ދެއްވީ ރޭ އެ ސްކޫލްގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށް ދެއްވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ރިޔާޝާ ވަނީ 2020 ވަނަ އަހަރު އައިޖީސީ އެސްސީ، އަދި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވެ ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ.
2017 ވަނައަހަރުން ފެށިގެން ސްކޫލުގެ ލީޑަރެއްގެ ގޮތުގައި ފެނިގެންދިޔަ ރިޔާޝާ ވަނީ ސީނިއަރ ޕްރިފެކްޓްކަމާއި، ގައިޑު ލީޑަރުކަން ކޮށްފައެވެ. އަދި އޭނާއަކީ 2020ވަނަ އަހަރު އެ ސްކޫލުގެ ވައިސް ކެޕްޓަނެވެ. ސްކޫލުގެ ގައިޑުލީޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރިޔާޝާ ވަނީ 2018 ވަނަ އަހަރުގެ ބެސްޓްއޯލްރައުންޑް ގައިޑް އަދި 2019 ވަނަ އަހަރު ގައިޑް ވިތް ބެސްޓް އެކަޑަމީ ޕާރފޯމެންސް އެވޯޑް ހޯދާފައެވެ.

ޔުމްނުވަނީ 2021 ވަނަ އަހަރު އައިޖީސީ އެސްސީ، އަދި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވެ، 4އޭ ސްޓާ އާއި 5އޭ ހޯދައި ގައުމީ ގަދަ 10ގެ 5ވަނަ ހޯދާފައެވެ.
ސްކޫލުގެ ޕްރިފެކްޓްކަމާއި، ސީނިއާ ޕްރިފެކްޓްކަމުގެ އިތުރުން 2022ވަނަ އަހަރު މުޙްޔިއްދީން ސްކޫލުގެ ކެޕްޓަނެވެ.
advertisment
ހިޔާލު