ފާއިތުވި 2022-2021 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި، ސާނަވީން މުހައްމަދު އުނައިޝް އަދި މަތީ ސާނަވީން ހަސަން ސިޔާދު ހޮވައިފިއެވެ.
އުނައިޝްވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ. ސިޔާދު ވަނީ މަތީ ސާނަވީން 5 އޭ ސްޓަރ ހޯދައިގެން ރައީސުލް ޖުމްހޫރިއްޔާދެއްވާ ހާއްސަ ސޮކޮލާޝިޕް ހާސިލް ކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ސައީދު މުޙައްމަދެވެ.
އެންމެ ރަނގަޅު ސްކައުޓަކަށް ހޮވުނީ އިބްރާހިމް ސަމާހްއެވެ. އަދި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށްވެސް ހޮވިފައިވަނީ އިބްރާހިމް ސަމާހް އެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވުނީ ފާތިމަތު ޝައިހާ އަބުދުލް ސައްތާރެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކީ ފާތިމަތު ޝައިހާ އަބުދުއް ސައްތާރެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގާލް ގައިޑަކީ ފާތިމަތު ލުޔޫނާ އަބުދުލް ވައްހާބުއެވެ.
އިހަވަންދޫ ސްކޫލްގެ އާމިނަތު ޒަހާ ޒާހިރު ވަނީ އެޗްއެސްއީ އިމްތިހާނުގެ އިސްލާމް މައްދާއިން މުޅި ރައްޖެއިން އެއްވަނަ ހޯދައިގެން ބްރިލިއަންސް އެވޯޑް ހާސިލްކޮށްފައެވެ. އަދި އެ ސްކޫލްގެ އާއިޝަތު ސަހާ ވަނީ ޖީސީއީ އޭލެވެލް އިމްތިހާނުގައި އެކައުންޓންގއިން ސައްތައިން ސައްތަ މާކުސް ހޯދައިގެން މުޅި ދުނިއެއިން އެއްވަނަ ހޯދާފައެވެ.
ޢިނާމް ދިނުމުގެ ރަސްމިއްޔާތުގައި، 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ސްކޫލަށް ހިދުމަތް ކޮށްފައިވާތީ ދިވެހި ޓީޗަރ މޫސާ އަލީ އަށް ވަނީ ރިހި ހިދުމަތުގެ އިނާމް އަރުވާފައެވެ.
advertisment
ހިޔާލު