ތާޖުއްދީނުގެ އެންމެ މޮޅު ދަރިވަރަކަށް ޔާނިޝް

ތާޖުއްދީނުގެ އެންމެ މޮޅު ތިން ދަރިވަރުން، ދެވަނައަށް ދިޔަ މޫސައާއި އެއްވަނައަށް ދިޔަ ޔާނިޝް (މެދުގައި) އަދި ތިންވަނަ ހޯދި މާހާ: ފޮޓޯ: ތާޖުއްދީން ސްކޫލް

2022-2021 ވަނަ އަހަރު، ތާޖުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ޔާނިޝް މުޙައްމަދު އަބްދުﷲ ހޯދައިފިއެވެ.

ދެވަނަ ހޯދީ މޫސާ މާޒްއެވެ. ތިންވަނަ ހޯދީ ޙައްވާ މާހާ ނާޒިމެވެ.

އެއްވަނަ ހޯދި ޔާނިޝްއަކީ 2019 ވަނަ އަހަރުން ފެށިގެން ސްޓޫޑެންޓް ލީޑަރސް ކައުންސިލްގެ މެމްބަރެކެވެ. އަދި އޭނާވަނީ ތާޖުއްދީނުގެ ޑެޕިއުޓީ ކެޕްޓަންކަމާއި ކެޕްޓަންކަން ވެސް ކޮށްފައެވެ.    2022-2021 ވަނަ އަހަރު ސާނަވީން ޤައުމީ ގަދަ ދިހައްގެ ދެވަނަ ޔާނިޝް ވަނީ ހޯދާފައެވެ.

ދެވަނަ ހޯދި މާޒް ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. 2019ން ފެށިގެން ސްޓޫޑެންޓް ލީޑަރސް ކައުންސިލްގެ މެމްބަރެއްގެ އިތުރުން ފާމްދޭރި ހުސްގެ ކެޕްޓަންކަން ކޮށްފައިވެއެވެ.

ތިންވަނަ ހޯދި ޙައްވާ މާހާ ނާޒިމަކީ 2019ން ފެށިގެން ސްޓޫޑެންޑް ލިޑަރސް ކައުންސިލުގެ މެމްބަރެކެވެ. ފާމްދޭރި ހައުސްގެ ކެޕްޓަނެވެ. 2021-2022 ވަނަ އަހަރުގެ ސްކޫލްގެ ގޭމްސް ކެޕްޓަނެވެ. އަދި ގާލްގައިޑް ލިޑަރެކެވެ. މާހާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.

ތާޖުއްދީނުން އެންމެ ގިނަ ދަރިވަރުން ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނީ މިދިޔަ އަހަރުއެވެ. 38 ދަރިވަރުން މދިޔަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *