ގަދަ ދިހައެއްގައި ވާދޫ ސްކޫލުން ހިމެނުނު ރަފާއަށް ރަތް ދޫލައިގެ މަރުޙަބާއެއް

ސާނަވީގެ ގަދަ ދިހައެއްގައި ރ. ވާދޫ ސްކޫލުން ހިމެނުނު އާމިނަތު ރައުފަށް ރަތް ދޫލައިގެ މަރުޙަބާއެއް އެ ސްކޫލުން ކިޔައިފިއެވެ. މިއީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ ދަރިވަރަކު ހިމެނުނު ފުރަތަމަ ފަހަރެވެ.

ރަފާއަށް ލިބުނީ ފަސް އޭ ސްޓާރއާއި ތިން އޭ ލިބިގެން ސާނަވީން ގަދަ ދިހައެއްގެ ހަތަރު ވަނައެވެ.

ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަޞީރު ދަރިވަރު ނޫހަށް ވިދާޅުވީ ރަފާގެ ކާމިޔާބީ ގުޅިފައިވަނީ އެ ސްކޫލުން ކޮށްދިން މަސައްކަތް ކަމަށާއި އެއްވެސް ޓިއުޝަނެއް ނުނަގައި ހަތަރުވަނަ ހޯދީ ރަފާ ކުރި ހިތްވަރުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ރަފާއަށް ރަތް ދޫލައިގެން މަރުޙަބާއެއް އެ ސްކުލާއި ބެލެނިވެރިންނާއި ދަރިވަރުން ކީ އޭނާ ހޯދި ކާމިޔާބީގެ އަގުވަޒަން ކުރުމާއި ކިޔެވުމުގެ މުހިންމުކަން ބުނެދިނުމުގެ ގޮތުންނެވެ.

ރ. ވާދޫގައި ސަތޭކައެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *