ވަޒީފާގެ 6500 ފުރުޞަތާއެކު ޤައުމީ ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް މާދަމާ ހަވީރު ފަށާނެއެވެ. މި ފެސޓިވަލް ހޮނިހިރު ދުވަހުގެ އިތުރުން އާދީއްތަ ދުވަހު ވެސް ކުރިއަށް ގެންދާނެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނި، މި ފެސްޓިވަލުގައި 35 ފާރާތަކުން ބައިވެރިވެފައިވާއިރު، 6500 އެންހާ ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކާއި ރިސޯޓްތައް ހިމެނޭހެން އަމިއްލަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
ފަހި ފުރުޞަތުގެ ނަމުގައި ބާއްވާ މި ފެސްޓިވަލަކީ މި އަހަރު ބާއްވާ ފުރަތަމަ ފެސްޓިވަލެވެ.
މި ފެސްޓިވަލް ކުރިއަށް ދާނީ އެދުވަހު ހަވީރު 4:00ން ރޭގަނޑު 10:00 އަށް އެ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
"ފުރާތަ މުޖްތަމަޢަށް އަނބުރާ ދިނުން" ޝިޔާރުގެ ދަށުން އެމްއެންޔޫއިން ބާއްވާ ޖޮބް ފެސްޓިވަލަކީ ވަޒީފާ އުފައްދާ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ.
މި ފެސްޓިވަލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭ ފަދަ ފުރުޞަތުތައް އާންމުންނަށް ދައްލާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމެވެ. އާންމުންނާއި ހިސާބަށް ފޯރުކޮށް ނުދެވި ހުރި އެކިކަހަލަ ފުރުޞަތުތަކާއި ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސްދެވޭނޭ މާހައުލެއް އުފެއްދުމެވެ. އެކިކަހަލަ ސިނާއީ ފުރުޞަތުތަކާއި ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމެވެ. ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެންޔޫއިން ބޭއްވި ވަޒީފާގެ މައުރަޒުގައި ވެސް 30 ފަރާތަކުން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު