އެކީގައި ކިޔަވައި، ލޯފަން ތިން ބެއިންނަށް އިމާމު ކަމުގެ ޑިގްރީއެއް

އިސްލާމިކް ޔުނިވާސިޓީގެ އިމާމު ކޯހުގެ ޑިގްރީ ކޯހުގައި، އެކީގައި ކިޔަވައި، ލޯފަން ތިން ބެއިން ޑިގްރީ ކޯހުން ދަސްވެނިވެ ސެޓްފިކެޓް ހޯދައިފިއެވެ. މި ތިން ބެއިންނަކީ ރައީސުލްޖުމްޙޫރިއޔާ އިބްރާހިމް މުޙައްމަދު ޝޯލިހުގެ އެއްބަނޑުއެއްބަފާ ތިން ބެއިންނެވެ. ސެޓެފިކެޓް އެ ތިން ބެއިންނަށް ހަވާލުކޮށް ދެއްވީ ވެސް ރައީސް ޞާލިޙެވެ. މި ތިން ބެއިންނަކީ ވެސް ޤުރުއާން ހިތުދަސްކޮށް ހާފިޒުންނެވެ.

އެއީ މޫސާ މުހައްމަދު ޞާލިހާއި، އަބްދުﷲ ޝާޒްލީއާއި އަދި ހުސެއިން ޝަޔާޒެވެ.

ރައީސުލްޖުމްޙޫރިއޔާ އިބްރާހިމް މުޙައްމަދު ޝޯލިހު، އިމާމު ކަމުގެ ޑިގްރީ ޙާޞިލް ކުރި އެ މަނިކުފާނުގެ އެއްބަނޑުއެއްބަފާ ތިން ބެއިންނާއެކު- ފޮޓޯ: ރައީސް އޮފީސް

މި ތިންބެއިން ވެސް ކިޔެވީ ޑިގްރީ ފެންވަރަށް އިމާމުންނަށް ކިޔަވައި ދިނުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގެ ތެރެއިންނެވެ. އިމާމު ކޯސް ފުރިހަމަކުރައްވައި ވަނީ ވަނީ ބްލޮކް މޯޑަށް ކިޔަވައިގެންނެއެވެ. 73 އިމާމަކު ވަނީ ރޭ އެ ޕްރޮގްރާމުގެ ތެރެއިން ޑިގްރީ ހާޞިލް ކޮށްފައެވެ.

އުފަންވިއިރު ލޮލުގެ ފެނުން ރަނގަޅު ނަމަވެސް އުމުރުގެ ވަކި ހިސާބަކުން ފެނުމަށް މައްސަލަތައް ދިމާވީއެވެ.

ރޭ ބެއްވި އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 709 ދަރިވަރުން 90 ކޯހަކުން ދަސްވެނިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *