އިސްލާމިކް ޔުނިވަރސިޓީގެ ބެސްޓް ސްޓޫޑެންޓް އެވޯޑް ނުވަ ދަރިވަރަކަށް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ބެސްޓް ސްޓޫޑެންޓް އެވޯޑް ނުވަ ދަރިވަރަކަށް ރޭ ދީފިއެވެ. އެވޯޑްތައް ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

ބެސްޓް ސްޓޫޑެންޓް އެވޯޑަކީ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާތަކުން އުނަގައްނައިދޭ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު 7ން 9އަށް ހިމެނޭ ގޮތަށް އެ ޔުނިވަރސިޓީގެ ޢިލްމީ ޕްރޮގާރެއް ނިންމައި ފުރިހަމަ ކުރާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް ލިބުމަށްޓަކައި ދަރިވަރުގެ ސީޓީޕީއޭ އިން މަދުވެގެން 3.6 ލިބެންޖެހެއެވެ. އަދި އަޚްލާގައި ސުލޫކުގެ ރެކޯޑް ސާފުކޮށް އޮތުމާއެކު ހުރިހާ މާއްދާއަކުން 90 އިންސައްތައަށްވުރެ މަތިން ހާޒިރީ ހޯދަން ޖެހެއެވެ. ޕްރޮގްރާމަށް ކަނޑައެޅި މުއްދަތުގައި އެ ޕްރޮގްރާމެއް ނިންމުމާއި އެއްވެސް މާއްދާއެއް ރިޕީޓް ނުކޮށް ހުރިހާ މާއްދާއަކުން ފާސްވާންޖެހެއެވެ.

ބެސްޓް ސްޓޫޑެންޓް އެވޯޑް ލިބޭ ދަރިވަރުންނަށް ޔުނިވަރސިޓީގެ ފަރާތުން ދޭ ސެޓްފިކެޓާއި އިލްމީ ޚަޒާނާއާއި ޔުނިވަރސިޓީގެ ތެރެއިން އިލްމީ ޕްރޮގްރާމެއްގައި ބައިވެރިވެ ކިޔެވުން ފުރިހަމަ ކުރުމަށް ދެވޭ ޓިއުޝަން ފްރީ ސްކޮލަރޝިޕެއް ދެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ވެސް މި ދަރިވަރުންނަށް ލިބެއެވެ.

ބެސްޓް ސްޓޫޑެންޓް އެވޯޑަށް ހޮވުނު ދަރިވަރުން:
  • ނަޒްނީން އަބްދުއްސައްތާރު – ޑިޕްލޮމާއިން އަރަބިކް ލޭންގުއޭޖް
  • އާމިނަތު މުޙައްމަދު – ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް
  • އައިޝަތު އަހުލާ – ބެޗްލަރ އޮފް ޓީޗިންގ އަރަބިކް ލޭންގުއޭޖް
  • މަރްޔަމް އަނީސް – ބެޗްލަރ އޮފް އެޑިޔުކޭޝަން (ޕްރައިމަރީ)
  • ބުޝްރާ އަބްދުއް ލަތީފު – ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާއިން ޓީޗިންގ
  • އަލީ އާރިފު- މާސްޓަރސް އޮފް ޓީޗިންގ އެންޑް ލަރނިންގ
  • އަބްދުލް ޣަނީ މުޙައްމަދު – މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ
  • ހަފީޒާ އަބްދުއް ސައްތާރު- މާސްޓަރސް އޮފް އާޓަސް އިން ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް
  • އަބްދުއް ރަޙްމާނު ޔޫނުސް – މާސްޓަރސް އޮފް ޤިރާއަތު

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *