އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް 709 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތު ދެ ދަންފަޅިއަކަށް ބަހާލައިގެން އިއްޔެއާއި ރޭ ވެސް ކުރިއަށް ގެންދިޔައެވެ. ހެނދުނު ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަޙްމޫދު ޝަޢުޤީއެވެ. ރޭ ކުރިއަށް ގެންދިޔަ ދެވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. ދަސްވެނިވި ދަރިވަރުންގެ އިތުރުން ކޯސްތަކުން އެއްވަނަ ހޯދި ނުވަ ދަރިވަރަކަށް ބެސްޓް ސްޓޫޑެންޓް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙްއެވެ.

ފާއިތުވި އަހަރު 90 ކޯހެއްގައި 1705 އެއްހާ ދަރިވަރުން، ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވި ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.
ރޭ ތަސްވެނިވީ، ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކުރި 174 ދަރިވަރަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައް ފުރިހަމަކުރި 118 ދަރިވަރަކާއި، އެސޯސިއޭޓް ޑިގްރީ ފެންވަރުގެ ކޯސްތައް ފުރިހަމަކުރި 5 ދަރިވަރަކު ހިމެނެއެވެ. އަދި ޑިގްރީ ފެންވަރުގެ ކޯސްތައް ފުރިހަމަކުރި 214 ދަރިވަރަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ލެވެލްގެ ކޯސްތައް ފުރިހަމަކުރި 70 ދަރިވަރުންގެ އިތުރުން މާސްޓަރސް ލެވެލްގެ ކޯސްތައް ފުރިހަމަކުރި 119 ދަރިވަރުންނެވެ.
advertisment
ހިޔާލު