ހަތް ދާއިރާއިން އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ސްކޫލް ދަރިވަރުންނަށް އެމްޕީއެލްއިން ދެނީ

ސްކޫލް ބޮޑުޗުއްޓީއާ ދިމާކޮށް، ހަތް ދާއިރާއިން އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ސްކޫލް ދަރިވަރުންނަށް އެމްޕީއެލްއިން ހުޅުވާލައިފިއެވެ.

ބައިވެރިވުމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅިވާލާފައިވާއިރު، އިންޓާރންޝިޕް ޕްރޮގްރާމުގައި ހިމެނެނީ:

  •  މެކޭނިކަލް އިންޖިނިއަރރިން
  • ސިވިލް އިންޖިނިއަރރިން
  • މެރީން އިންޖިނިއަރރިން
  • އިލެކްޓްރިކަލް އިންޖިނިއަރރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)
  • ބިޒްނަސް ޑިވެލޮޕްމަންޓް
  • މާކެޓިންއެވެ.

އެމްޕީއެލްއިން ބުނީ، މިއީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ ތެރެއިން ޢަމަލީ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެކުން ފުނިން ބުނީ، މެރިޓައިމާއި ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝަޢުގުވެރި ކުރުވުމާއެކު، ވަޒީފާގެ ފުރުޞަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަކީ ވެސް މި ޕްރޮގްރާމުގެ މަޤްޞާދެއް ކަމަށެވެ.

އިންޓަރންޝިޕްގައި ބައިވެރިވާ ކުދިންނަށް ތަމްރީނު ކުރިއަށް ގެންދަނީ ޖޫން 25 އިން ފެށިގެން އޯގަސްޓް ތިން ވަނަ ދުވަހާ ހަމައަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *