ސަޢުދި ޢަރަބިއްޔާއިން ދޭ 350އަށްވުރެ ގިނަ ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަދު ހުޅުވާލި ސްކޮލަރޝިޕްގެ ދަށުން ސައުދީގެ ކޮންމެ ޔުނިވާސިޓީއަކުން ބެޗްލަރސް ޑިގްރީ، ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ކިޔެވުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ސޮކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއްވެސް ހަމަޖައްސާނީ އެ ޤައުމުން ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނެއެވެ.
ސައުދީން ދިން ސްކޮލަރޝިޕްގެ ދަށުން، ބިޒްނަސް މެނޭޖްމަންޓް، މީޑިއާ ދާއިރާ، ކޮމްޕިއުޓަރ ސައިންސް، ޤާނޫނީ ދާއިރާ ދަނޑުވެރިކަމުގެ ދާއިރާ، އިކޮނޮމިކްސް އެންޑް ޕޮލިޓިކްސް، އިންޖިނިއަރިން އަދި އިސްލާމިކް ސްޓަޑީޒްއާއި ޢަރަބިބަހާބެހޭ ކޯސްތައް ހިމެނެއެވެ.
މި ކޯސްތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ސައުދީ އެމްބަސީން ބުނެއެވެ.
ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 100 ޔުނިވަރސިޓީގެ ތެރޭގައި ސައުދީގެ 27 ޔުނިވަރސިޓީ އެއް، މަތީ ތަޢުލީމުދޭ މަރުޒަކުތައް ވަޒަންކުރާ ކުންފުންޏެއްކަމަށްވާ "ކިއު އެސް" އިން މި އަހަރު އެކުލަވާލި ލިސްޓްގައި ވެއެވެ. އެ ލިސްޓްގައި ހިމެނޭ ޔުނިވަރސިޓީ ތަކުގެ ތެރޭގައި ކިންގް ޢަބްދުލްޢަޒީޒް ޔުނިވާސިޓީއި، ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕްޓްރޯލިއަމް އެންޑް މިނެރަލްސް އާއި، ކިންގް ޢަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާއި، އިމާމް ޢަބްދުއްރަޙްމާން ބިން ފައިޞަލް ޔުނިވާސިޓީ ހިމެނެއެވެ.
advertisment
ހިޔާލު