އަހުމަދިއްޔާގެ ޑެޕިއުޓީ ޑިރެކްޓަރ ޝާކިރު ސަރ ނިޔާވެއްޖެ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރ އިބްރާހީމް ޝާކިރު ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެއެވެ.

އަހުމަދިއްޔާގެ މަތީ ސާނަވީގައި ކިޔަވަމުންދާ ދަރިވަރުންނާއެކު ލ.ގަމަށް ކުރި ހަތަރު ދުވަހުގެ ތަޖުރިބާ ދަތުރަށްފަހު ޝާކިރު ސަރ މާލެއައީ ރޭ ގައެވެ. ނިޔާވީ ރޭ ދަންވަރު 4:00 ހާއިރު ހިތް ހުއްޓިގެންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އަހުމަދިއްޔާއިން ބުނެއެވެ.

ޝާކިރު ސަރ ނިޔާވިއިރު، މެދު ކެނޑުމެއް ނެތި ޚިދުމަތް ކުރައްވާތާ 26 އަހަރުވެއްޖެއެވެ. އޭނާއަކީ މަސައްކަތަށާއި ގަޑިއަށް ފަރުވާތެރި މުވައްޒަފެއް ކަމަށް އަހުމަދިއްޔާއިން ބުންޏެވެ.

1 ފެބުރުއަރީ 1997 ގައި ލައިބްރޭރިއަނެއްގެ ގޮތުގައި އަހުމަދިއްޔާގައި މަސއްކަތް ކުރައްވަން ފެއްޓެވި ޝާކިރު ސަރ، ނިޔާވިއިރު ހުންނެވީ ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ. އޭނާ ބަލަހައްޓަމުން ގެންދިޔައީ އޯލެވެލް އަދި އޭލެވެލް އިމްތިޙާންތަކުގެ ކަންތައްތަކާއި ޕްރީ ސްކޫލްގެ ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ޕްރިންޓުކުރުމާ ގުޅޭ ކަންތައްތަކެވެ.

ނިޔާވި އިރު އަންބަކާއި 4 ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *