ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ފިޔަވަހީގެ އެހީ، ތަޢުލީމާ ގުޅުން ހުރި މަޝްރޫއުތަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް’ގެ މި އަހަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެހީ ދޭ މަޝްރޫއުތައް ހޮވައި މިއަދު އިޢުލާން ކުރިއިރު، ގިނަ މަޝްރޫއުތަކަކީ ތަޢުލީމާ ގުޅުން ހުރި މަޝްރޫއުތަކެވެ.

މި އަހަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދިހަ މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 50،000 ރުފިޔާ ދޭން އެ ބޭންކުން ވަނީ ނިންމާފައެވެ. އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުން އެހީ ދެނީ ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށެވެ. ދިވެހި ބޭންކުން ބުނީ އަހަރަކު މިފަދަ ވިހި މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދޭން އެ ބޭނުންކުން ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި އެހީ ދޭން ނިންމާފައިވާ މަޝްރޫއުތަކަކީ:

  • ސްކޭޓް ޕާކެއް ހެދުން – މި މަސައްކަތް ކުރަނީ ރ. ދުވާފަރު، ދުވާފަރު ޒުވާނުން ޖަމިއްޔާގެ ފަރާތުންނެވެ.
  • މައިންބަފައިންނާއި ދަރިންނަށް ހިޔަލުގައި މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ހެދުން – މިއީ ފުވައްމުލައް، ދަޑިމަގު ޒުވާނާންގެ ޖާމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
  • އޮޅުމަތާ އީކޯ ޕާކްގެ ދެވަނަ ފޭސް – ގދ .ހޯނޑެއްދޫގައި މި މަސައްކަތް ކުރިއަށް ގެންދަނީ ހޯނޑެއްދޫ ސްޕޯޓްސްއިންނެވެ.
  • ޕިކްނިކް ދިއުމަށާއި ކޭމްޕު ކުރާނެ ތަނެއް – ބ. ދަރަވަންދޫގައި މިފަދަ ތަނެއް ހަދަން ހަދަނީ ދަރަވަންދޫ އެކުވެރި ޒުވާނުންގެ ފަރާތުންނެވެ.
  • ތިނަދޫ ކުޅި ތަރައްގީކުރުން – ގދ. ތިނަދޫ ކުޅި ތަރައްޤީ ކުރަނީ ހުވަދޫ ސްވިމިން ކްލަބުގެ ފަރާތުންނެވެ.
  • މުލަކު ސްކޫލްގެ ރީޑިން ޕާކް – މުލަކު ސްކޫލުގައި ރީޑިންގ ޕާކް ތަރައްޤީ ކުރަނީ އެރަށު ކޮމިއުނިޓީ އެމްޕަވަމަންޓް ލިންކޭޖް (ސީއީއެލް)ގެ ފަރާތުންނެވެ.
  • ބަނދަރުމަތީގައި މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ހެދުން – ލ. ކުނަހަންދޫ ބަނަދަރުމަތީގައި މީހުން މަޑުކޮށްލައިގެން ތިބޭނެ ތަނެއް ތަރައްގީ ކުރަނީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް)ގެ ފަރާތުންނެވެ.
  • ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުންމި  މިމަސްކަތް ކުރަނީ ހދ. ނެއްލައިދޫ، ފާޓޯ ސްޕޯޓްސް އެކަޑަމީގެ ފަރާތުންނެވެ.
  • އޯޝަން އެޑިއުކޭޝަން ޕްރޮގްރާމް – އޯޝަން އެޑިއުކޭޝަން ޕްރޮގްރާމަކީ ސ. ހިތަދޫ، މޯލްޑިވްސް މަންޓާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
  • ބަނދަރުމަތީގައި މަޑުކޮށްލައިގެން ތިބެވޭނެ ތަނަކާއި އާންމުންނަށް ބޭނުންކުރެވޭނެ ފާހާނާ ބަރިއެއް ހެދުން – މިއީ ސ. ފޭދޫ، އައްޑޫ އީކޯ ކްލަބުގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *