ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ، ފާއިތުވި އަހަރު އެންމެ މޮޅު ދަރިވަރުގެ މަޤާމް މުޙައްމަދު އަނޫފް އިބްރާޙީމް ހޯދައިފިއެވެ. އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ޚަދީޖަތު މީޒާ މުޖުތަބާ ހޮވުނު އިރު ތިން ވަނަ ދަރިވަރަކީ ފާޠިމަތު ޝާޔާ އިބްރާޙީމެވެ.
ރޭ އެ ސްކޫލްގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އެންމެ މޮޅު ދަރިވަރު، އަނޫފަކީ ހޮބީއެއްގެގޮތުގައި ފޮތްކިޔުމާ އަދި ފުޓުބޯޅަ އާ ބެޑްމިންޓަން ކުޅުމަށް ލޯބިކުރާ ދަރިވަރެކެވެ. އަދި އޭނާ ވަނީ އިންޓަރ ކުލާސް، އިންޓަރ ހައުސް، އަދި އިންޓަރ ސްކޫލު އަދި ޤައުމީ އެތައް މުބާރާތެއްގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައެވެ. އަނޫފުވަނީ ޕްރިފެކްޓް އަދި ސީނިއަރ ޕްރިފެކްޓްކަމާއި ތަކުރުފާނު ހައުސްގެ ޑެޕިއުޓީ ކެޕްޓަން އަދި ސްކޫލު ކެޕްޓަންކަން ކޮށްފައެވެ.

ޣާޒީ ސްކޫލުގެ ގުރޭޑް 10 އަނޫފް ނިންމީ އެ ސްކޫލުން އެންމެ މޮޅު ތިން ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. ސާނަވީ މަރުޙާލާ ނިންމީ ހަ މާއްދާއިން އޭ ސްޓަރ އަދި ދެ މާއްދާއިން އޭ ހޯދާ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދައިގެންނެވެ.
ދެވަނައަށް ދިޔަ މީޒާއަކީ ހޮބީއެއްގެ ގޮތުގާ ލިޔުންތެރި ކަމާއި ކެއްކުމަށް ޝައުޤްވެރިކަންހުންނަ ދަރިވަރކެވެ. އިންޓަރ ކުލާސް، އިންޓަރ ހައުސް، އަދި އިންޓަރ ސްކޫލު އެތައް މުބާރާތެއްގާ ބައިވެރިވެ، ތަފާތު ގިނަ ކާމިޔާބީ ތައް ހޯދާފައިވެއެވެ. އެ ސްކޫލް ސީނިއަރ ޕްރިފެކްޓްކަމާއި، ކަނބާ އައިސަ ހައުސްގެ ޑެޕިއުޓީ ކެޕްޓަން ކަމާއި، ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން މީޒާ އަދާކޮށްފައިވެއެވެ.
މީޒާ ވެސް ގުރޭޑް 10 ނިންމީ މުޅި ސްކޫލުން އެންމެ މޮޅު ތިން ދަރިވަރުންގެ ތެރޭގާ ހިމެނިގެންނެވެ. ސާނަވީ މަރުޙާލާ ނިންމީ އޯލެވެލްގެ ހަ މާއްދާއިން އޭސްޓަރ، ދެ މާއްދާއިން އޭ، ހޯދައި ޤައުމީ ގަދަ 10ގެ 3 ވަނަ ހޯދައިގެންނެވެ.
ތިން ވަނަ ހޯދި ޝާޔާ ވަނީ ސްކޫލުގެ ޕްރިފެކްޓެއްގެ އިތުރުން ސްޕޯޓްސް ކުލަބް ވައިސް ޕްރެސިޑެންޓްކަމާ ސްކޫލް އެކްޓިވިޓީ ކެޕްޓަންކަން ކަމުގެ ޒިންމާ އަދާކޮށްފައެވެ.
ގުރޭޑް 10 ޝާޔާ ނިންމީ މުޅި ސްކޫލުން އެންމެ މޮޅު ތިން ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. ސާނަވީ މަރުޙާލާ ނިންމީ އޯލެވެލްގައި ކިޔެވި ހަތް މާއްދާއިން އޭސްޓަރ، އެއް މާއްދާއިން އޭ، ހޯދައި ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދައިގެންނެވެ.
ރޭ ބޭއްވި އިންމާ ދިނުމުގެ ޖަލްސާގައި 44 ދަރިވަރަކަށް " ވިނަރސް"ގެ އިނާމް ލިބުނެވެ.
advertisment
ހިޔާލު