ޢަރަބިއްޔާއަށް ތާރީޚީ ރެއެއް، ފުރަތަމަ ފަހަރަށް ސާނަވީން ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލްގެ ހަ ދަރިވަރުން

ގަދަ ދިހައެއްގެ ދެ ވަނައަށް ދިޔަ އަރަބިއްޔާ ސްކޫލުގެ އައިޝަތު ދާއިން އަހުމަދު ޝަރީފަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު އިނާމް ހަވާލުކޮށް ދެއްވަނީ: މިއީ ސާނަވީގެ ގަދަ ދިހައެއްގައި އެ ސްކޫލްގެ ދަރިވަރުން ބައިވެރިވެ ވަނަ ހޯދި ފުރަތަމަ ފަހަރު- ފޮޓޯ: ރައީސް އޮފީސް

ސާނަވީ ގަދަ ދިހައެއްގައި ފުރަތަމަ ފަހަރަށް އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހަ ދަރިވަރުން ހިމެނިއްޖެއެވެ. ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި މީގެ ކުރިން އެ ސްކޫލްގެ ދަރިވަރުން ނުހިމަނައެވެ. ފާއތުވި އަހަރުގެ ދިރާސީ އަހަރުން ފެށިގެން އެ ސްކޫލުގެ ދަރިވަރުންނަށް ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ބައިވެރިވެވޭ ގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ. އެ ސްކޫލުގެ ހަ ދަރިވަރުން ގަދަ ދިހައެއްގައި ހިމެނެއެވެ.

ސާނަވީން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ:

އައިޝަތު ދާއިން އަހުމަދު ޝަރީފު، (ޤައުމީ ގަދަ ދިހައެއްގެ ދެވަނަ)

ހައްވާ ޒައިހާ ހަބީބު، ޤައުމީ ގަދަ ދިހައެއްގެ ދެވަނަ)

އަހުމަދު ޒައުލް، (ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ

އައިޝަތު ލައިޝާ، ޝިހާމް، (ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ)

އަބްދުއްރަޙްމާނު ބިން އަހްމަދު ސަމީރު، (ޤައުމީ ގަދަ ދިހައެއްގެ ހަތްވަނަ)

އައިޝަތު ނަދާ އަބްދުﷲ، (ޤައުމީ ގަދަ ދިހައެއްގެ ހަތްވަނަ)

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *