ފާއިތުވި އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ސްކޫލަކަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ވެއްޖެއެވެ. އެ ސްކޫލުގެ 54 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ.
ގަދަ ދިހައެއްގެ އެއްވަނައިގައި 18 ދަރިވަރުން ހިމެނުނެވެ. އެއްވަނައިގައި ހިމެނުނީ އަމީނިއްޔާ ސްކޫލްގެ ދެ ދަރިވަރުންނާއި ހިރިޔާ ސްކޫލްގެ ދަރިވަރަކާއި އިމާދުއްދީނުގެ ދެ ދަރިވަރުންނާއި ޖަމާލުއްދީން ސްކޫލުގެ ދެ ދަރިވަރުންނާއި އަހުމަދިއްޔާ ސްކޫލްގެ ދެ ދަރިވަރުންނާއި ރެހެންދި ސްކޫލްގެ ދަރިވަރަކާއި ހއ. އަތޮޅު މަދަރުސާގެ ދަރިވަރަކާއި އިހަވަންދޫ ސްކޫލްގެ ދަރިވަރަކާއި ޖަލާލުއްދީން ސްކޫލްގެ ދެ ދަރިވަރަކާއި ތޮއްޑޫ ސްކޫލްގެ ދަރިވަރަކާއި ދިޔަމިގިލީ ސްކޫލްގެ ދަރިވަރަކާއި ވިލުފުށީ ސްކޫލްގެ އިތުރުން ހިތަދޫ ސްކޫލްގެ ދަރިވަރެކެވެ.
ދެވަނައަށް އެންމެ ގިނަ ދަރިވަރުން ހިމެނުނީ އިސްކަންދަރު ސްކޫލުންނެވެ. އެ ސްކޫލުގެ 52 ދަރިވަރުން ހިމެނުނެވެ. ތިން ވަނައަށް އެންމެ ގިނަ ދަރިވަރުން ހިމެނުނީ އަމީނިއްޔާ ސްކޫލުންނެވެ. އެ ސްކޫލުގެ 46 ދަރިވަރުން ހިމެނުނެވެ. ދެން ހިމެނުނީ ޖަމާލުއްދީން ސްކޫލުގެ 39 ދަރިވަރުންނާއި ތާޖުއްދީން ސްކޫލްގެ 38 ދަރިވަރުންނާއި މަޖީދިއްޔާ ސްކޫލްގެ 29 ދަރިވަރުންނެވެ. ހިރިޔާ ސްކޫލާއި ރެހެންދި ސްކޫލުން، ކޮންމެ ސްކޫލަކުން 28 ދަރިވަރުން ހިމެނުނެވެ. އަތޮޅު ތެރެއަށް ނިސްބަތްވާ ސްކޫލަކުން އެންމެ ގިނަ ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނީ ޝަރަފުއްދީން ސްކޫލުންނެވެ. އެ ސްކޫލުގެ 24 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނެވެ. ކަލާފާނު ސްކޫލާއި ޣާޒީ ސްކޫލުންކުރެ ކޮންމެ ސްކޫލަކުން 22 ދަރިވަރުން ހިމެނުނެވެ. އިމާދުއްދީނުން ހިމެނުނީ 21 ދަރިވަރުންނެވެ.
މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންނެވެ. ކޭމްބްރިޖް އިމްތިޙާނުން މުޅި ދުނިޔޭގެ ގަދަ 10 ގައި 11 ދަރިވަރެއްގެ އިތުރުން ކޭމްބްރިޖްގެ ހައި އެޗީވްމެންޓް 6 ދަރިވަރަކު ހާޞިލް ކުރިއެވެ.
ގަދަ ދިހައެއްގައި 844 ދަރިވަރުން ހިމެނިފައިވެއެވެ.
advertisment
ހިޔާލު